ބާސެލޯނާގެ ފްރާންސް ފުލްބެކް ޖޫލްސް ކޫންޑޭގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން، އެ ކްލަބަށް ކުރިއަށް އޮތް މުހިއްމު މެޗުތަކުގައި އޭނާ ނުފެނިދާނެކަމުގެ ބިރު ހީވެއްޖެއެވެ.
ކޫންޑޭއަށް އަނިޔާވީ ބާސާއިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗު 3-3 އިން އެއްވަރުވެގެން ނިމިފައިވާ އިރު، ކޫންޑޭއަށް އަނިޔާވެ ބަދަލުކުރަން ޖެހިފައިވެއެވެ. މުހިއްމު ޑިފެންޑަރު ކޫންޑޭގެ ބަދަލުގައި ކުޅެން އެރީ އެރިކް ގާސިއާއެވެ.
ބާސާއިން ނެރުނު ބަޔާނެއްގައި ބުނީ ކޫންޑޭގެ ވާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށެވެ. އެ އަނިޔާގެ ސަބަބުން ކޫންޑޭ ކުޅުމާ ދުރަށް ދާން ޖެހޭނީ ކިހާ ދުވަހަކަށް ކަން ބާސާއިން ހާމަކޮށްފައި ނުވި ނަމަވެސް، އިތުބާރު ނޫސްތަކުން ބުނީ ކޫންޑޭ ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށެވެ.
ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެނަމަ، ބާސާއިން ލީގު ހޯދުމަށް ދެން ކުޅެން އޮތް މުހިއްމު ބައެއް މެޗުތަކުގެ އިތުރުން އިންޓަ މިލާނާ ދެކޮޅަށް އިޓަލީގައި ކުޅޭ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ދެމެޗުވެސް ކޫންޑޭއަށް ގެއްލޭނެއެވެ.
އުމުރުން 26 އަހަރުގެ ކޫންޑޭއަކީ މިވަގުތު ބާސާއަށް އެންމެ ފޯމުގައި ކުޅެމުން އަންނަ ކުޅުންތެރިޔާއެވެ. އެޓީމުން މި ސީޒަނުގައި ހޯދި ފުރަތަމަ ތަށި، ކޮޕާ ޑެލް ރޭ ފައިނަލުގައި ރެއާލް މެޑްރިޑް ކޮޅަށްވެސް އޭނާ ގޯލު ޖެހިއެވެ.
މުޙައްމަދު ޝަމްޢޫން
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ