އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ލިވް އަންލިމިޓެޑް ކެމްޕެއިންގެ ދަށުން ތައާރަފުކުރި، ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިއަދު އިއުލާނުކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ އުމްރާ ދަތުރުގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އަހުމަދު ސައްދާމް ކަމަށާއި ކުރިއަށްއޮތް ތަނުގައި 18 އުމްރާ ދަތުރުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު އަދިވެސް އުރީދޫ ކަސްޓަމަރުންނަށް އެބައޮތް ކަމަށެވެ.
ހަމައެއާއެކު އެ ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު ކަމުގައިވާ ހައްޖު ދަތުރުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށާއި ހައްޖު ދަތުރު ލިބޭ ފަރާތަށް ލިބޭނީ ދެ މީހުންގެ ހައްޖު ދަތުރެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ ހާއްސަ ޕްރޮމޯޝަންގެ ދަށުން:
- ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެ.
- ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމުލަ 19 އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައި.
- މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ ދެ މީހަކަށް ހައްޖު ދަތުރެއް.
ޕްރޮމޯޝަނުގައި ބައިވެރިވުމަށް:
- އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށްވުރެ މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން.
- އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން.
- ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕާނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން.
އުރީދޫން ބުނީ އެ ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ހިދުމަތްދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށެވެ.
އެ ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް https://ore.do/liveunlimited ޒިޔާރާތްކުރުމަށް އުރީދޫން އެދެއެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް