ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށް، މެންޗެސްޓާ ޔުނައިޓެޑަށް ހާލަތު ބަދަލުކުރަން މަސައްކަތް ފެށިދާނެ ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.
ޔުނައިޓެޑުން ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ނުކުންނާނެއެވެ. ޔޫރޮޕާ ލީގަކީ ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޔޫރަޕް ފުޓުބޯޅައިން ޖާގައެއް ހޯދަން އޮތް ހަމައެކަނި ފުރުސަތުވެސް މެއެވެ. މިވަގުތު އެޓީމު އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ.
ސާ އެލެކްސް ފާގަސަންއަށްފަހު ޔުނައިޓެޑަށް އެޓީމުގެ ކާމިޔާބު ދުވަސްތައް އިޔާދަކުރަން އުނދަގޫވެގެން ގޮސްފައިވާ އިރު، އަމޯރިމްއާއެކު މި ސީޒަންވެސް ވެފައިވަނީ ދަށް ސީޒަނަކަށެވެ.
"އެންމެންނަށްވެސް އެނގޭ މިރޭގެ މެޗަކީ އަހަރެމެންނަށް މުހިންމު މެޗެއްކަން. އެއީ ކުރިމަގަށް. ޔޫރޮޕާ ލީގު ހޯދިޔަސް، މި ސީޒަން ކާމިޔާބު ކަމަކަށް ނުބުނެވޭނެ. އެކަން އަހަންނަށްވެސް އެނގޭ. އެހެންވިޔަސް ޔޫރޮޕާ ލީގަކީ އަހަރެމެންނަށް މުހިންމު ވާނެ ތަށްޓެއް. އެއީ ޗެމްޕިއަންސް ލީގަށް ފުރުސަތު ލިބި، ސީޒަަށްފަހު ޓްރާންސްފާތަކާ ކުރިމަތިލާންވެސް އޭރުން ފަސޭހަވާނެތީ،" އަމޯރިމް ބުންޏެވެ.
އަމޯރިމް ބުނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ ޔުނައިޓެޑްގެ ހުރިހާ މައްސަލައެއް އެއްފަހަރުން ހައްލުކުރެވޭނެ މަގެއް ނޫން ނަމަވެސް، އެއީ މުސްތަގުބަލަށް އެޅޭނެ ފިޔަވަޅެއް ކަމަށެވެ. އަދި އަލުން ޓީމެއް ބިނާކުރަންވެސް ރަނގަޅު ފެށުމަކަށް އެކަން ވާނެ ކަމަށް އޭނާ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް