މެޓާއިން ވަޓްސްއެޕްގައި އޭއައި ފީޗާތައް ތައާރަފުކުރުމަށް ރާވަމުން އަންނަ ކަމަށް ބުނެފިއެވެ. މެސެޖުތައް ހުލާސާކުރުމާއި ލިޔުމުގައި އެހީތެރިވެދޭ ފީޗާތައް މީގެ ތެރޭގައި ތައާރަފުކުރާނެ ކަމަށް ބުނެފައިވެއެވެ.
މި ފީޗާތައް ތައާރަފުކުރާނީ "ޕްރައިވެޓް ޕްރޮސެސިން" ކިޔާ އާ ޓެކްނޮލޮޖީއެއް މެދުވެރިކޮށެވެ. މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޔޫޒަރުންގެ ޕްރައިވަސީ ރައްކާތެރިކުރެވޭނެ ކަމަށް މެޓާއިން ބުނެފައިވެއެވެ. އަދި އެންޑް-ޓު-އެންޑް އެންކްރިޕްޝަން ނުގެއްލޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މެޓާއިން އިތުރަށް ބުނެފައިވަނީ މި ފީޗާތައް އިހުތިޔާރީ ގޮތެއްގައި ބޭނުންކުރެވޭނެ ކަމަށެވެ. އަދި މެޓާއަށްވެސް ޔޫޒަރުންގެ މެސެޖުތަކަށް ވާސިލު ނުވެވޭނެކަން ކަށަވަރުކޮށްދީފައިވެއެވެ. މީގެ އިތުރުން ޔޫޒަރުންނަށާއި ސެކިއުރިޓީ ރިސާޗަރުންނަށް މި ސިސްޓަމް އޮޑިޓް ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ފީޗާތައް ތައާރަފުކުރުމުގެ މަގުސަދަކީ ޔޫޒަރުންގެ ޕްރައިވަސީ ރައްކާތެރިކުރުމާއެކު އޭއައިގެ ފައިދާ ލިބިދިނުން ކަމަށްވެސް މެޓާއިން ބުނެއެވެ.
ވަޓްސްއެޕް
ވަޓްސްއެޕް
ވަޓްސްއެޕް
ވަޓްސްއެޕް