މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 168 ރުފިޔާ ލިބިއްޖެއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނި ގޮތުގައި އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 547 ރުފިޔާ ވަނީ ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި 168 މިލިއަން ރުފިޔާ ލިބުނު އިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ ހަ މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އުރީދޫން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބަކީ ރާއްޖޭގެ 80 ޕަސެންޓަށް 5ޖީ ނެޓްވޯކު ފުޅާކުރުމާއި ސެމްސަންގް އީސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ރާއްޖެއަށް ތައާރަފުކުރުމެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ހާލިދު ހަސަން އަލް ހަމާދީ ވިދާޅުވީ އުރީދޫއަކީ ކޮމިއުނިޓީ ފޯކަސްޑް ކުންފުންޏެއް ކަމަށާއި ރައްޔިތުންނާ ގުޅޭ ކަންކަމުގައި އެ ކުންފުނިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ހާލިދު ވިދާޅުވީ، އުރީދޫގެ ސީއެސްއާރްގެ ދަށުން ހުޅުމާލޭގައި ހުންނަ މަސްޖިދުލް ޝައިހު ގާސިމް ބިން އަލްސާނީ (ހުޅުމާލެ ބޮޑު މިސްކިތް)ގައި ޒަމާނީ އެއާ ކޮންޑިޝަނިން ސިސްޓަމެއް ހަރުކޮށްދީފައިވާ ކަމަށެވެ.

ހާލިދު އިތުރަށް ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ކުރާ މަސައްކަތުގައި އުރީދޫން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.