އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީއާ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރި އަދާލަތު ޕާޓީ މިހާރު އޮތީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނާރަން ނިންމައިފައެވެ.
އަދާލަތު ޕާޓީގެ ސްލޮޓްގައި ފެބްރުއަރީ 19، 2012 ގައި އިސްލާމިކް މިނިސްޓަރުކަމަށް އައްޔަންކުރި ދުވަހުގެ ފޮޓޯއަކާ އެކު، ދެންމެ ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، އެ ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އޭނާ ހިދުމަތްކުރި އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވައިފި ކަމަށެވެ.
"މި އަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި އަޅުގަނޑު ވާދަކުރާނަން. އިންޝާ ﷲ،" ޝަހީމް ވިދާޅުވިއެވެ.
މީގެ ކުރިން އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވުމަށްފަހު، ޝަހީމް ގުޅިވަޑައިގެންނެވީ ޕީޕީއެމްއާއެވެ.
އިބްރާހިމް ޒަކީ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު