ސިވިލް ސާވިސް ކޮމިޝަންގެ (ސީއެސްސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް މއ. ސިގްމާ/ މުހައްމަދު މުޖުތާޒް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މުޖުތާޒު އެމަގާމަށް އައްޔަން ކުތަން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ 23 އޭޕްރީލްގައެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން، ދިރާސާކޮށް ކޮމިޓީގެ ރިޕޯޓް މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ. ކޮމިޓީގެ ރިޕޯޓުގައިވާ ގޮތަށް މުޖުތާޒަށް ރުހުން ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މުޖުތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާއެޑިއުކޭޝަނުން ބެޗެލާ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މުޖުތާޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަގާމުތައް ފުރުއްވައިފައެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުގެ މަގާމަށް މުޖުތާޒް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި އިބްރާހީމް ރަޝީދު މިދިޔަ މަހުގެ 11 ވަނަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. އޭނާ އިސްތިއުފާދެއްވުމުން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުވެސް ވަނީ ހުސްވެފައެވެ.
އިބްރާހިމް ޒަކީ
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ