މަސައްކަތް ކުރިއަށްގެންދާނެ ގޮތް ކަނޑައަޅަން ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ކޮމިޓީގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީވެސް ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތާމެދު މަޝްވަރާ ކުރަން އެކަންޏެވެ.

ކޮމިޓީ ބައްދަލުވުން ފެށުމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު ވިދާޅުވީ، ކޮމިޓީގައި މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އެ ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ ކަންތައްތަކާ މެދު މަޝްވަރާ ކުރުމަށް ކަމަށެވެ. އެހެންކަމުން އޭގެ ތެރޭގައި ހިމެނޭ ބައެއްކަންކަމުގެ ސިއްރު ހިފޭއްޓުމުގެ މުހިއްމުކަން ވިސްނޭތީ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހަޅުއްވާ ކަމަށެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކުޅުދއްުފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދެވެ.

އެ ހުށަހެޅުން ފާސްކޮށް ކޮޮމިޓީ ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ.