މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން އެ ގެއާ އިންވެގެން ހުރި ގެއެއްގެ ގުދަނެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު 21އ ކުރަން ޖެހޭ އެންމެ މުހިންމު އަދި އެންމެ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބުވެފައިވާ ކަމަށް އާއިލާއިން މިރޭ ބުނެފިއެވެ.
އިމާރާތުން ވެއްޓުމުގެ ސަބަބުން ޔުމްނުއަށް ސީރިއަސް އަނިޔާތަކެއްވެފައިވެއެވެ. އޭނާއަށް އައިޖީއެމްއެެޗުގައި ފަރުވާ ދިނުމަށްފަހު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ މެލޭޝިއާއަށް ގެންގޮސްފައެވެ.
ޔުމްނުގެ ހާލަތާ ގުޅޭގޮތުން އެކްސްގައި އޭނާގެ ޅިޔަނު މުހައްމަދު މުއުމިން ކުރި ޕޯސްޓެއްގައި ބުނީ، މިއަދު މެންދުރު ތިނެއް ޖެހީއްސުރެ ޔުމްނު ސާޖަރީއަށް ވައްދާފައިވާ ކަމަށެވެ. އެއީ ކަނދުރާއާ ދިމާލުން މައިބަދައިގެ ސީ-7 ކަށިގަނޑުގައި ރެނދެއް ލާފައިވާތީ ކުރި ސާޖަރީއެއް ކަމަށާއި އެއީ ޔުމްނުކުރަން ޖެހުނު އެންމެ މުހިންމު ސާޖަރީ ކަމަށް އޭނާ ބުންޏެވެ.
މުއުމިން ބުނީ ސާޖަރީގެ ކަންކަން ދިޔައީ ރަނގަޅަށް ކަމަށާއި ހުރިހާ ކަމެއް ރަނގަޅަށް ދިމާވެއްޖެ ނަމަ ވަރަށް އަވަހަށް ޔުމްނުއަށް އިށީނދެ އިނދެވޭ ވަރުވާނެ ކަމަށެވެ.
ޔުމްނު ފެންޓެނޯއީން ވެއްޓުނުއިރު އޭނާއާއެކު އެ ގޭގައި ރައުދު އަހުމަދު ޒިލާލް، 21، އުޅުނެވެ. އެ މައްސަލައިގައި ރައުދު ވަނީ ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކޮށްފައެވެ. އަދި ރައުދު އާއި ޔުމްނުއާއެކު އެރޭ ކުރިން އުޅުނު ހަތް މީހެއްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓައިފައެވެ.
ހެލްތު މިނިސްޓަރު ގީލާ އަލީ
ރިޕޯޓް
ރިޕޯޓް
ބޭރު ކުޅިވަރު