ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާ ކަމަށެވެ.

ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ވަރަށް ބޮޑަށް މަޝްވަރާކުރުމަށްފަހު ކަމަށެވެ.

އަމީންގެ އިތުބާރު ނެތްކަމަށް ހުށަހެޅީ މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ ވެއްޓުނު މައްސަލައާ ގުޅިގެން އާންމުންގެ ގިނަބައެއްގެ ތުހުމަތު މިނިސްޓަރަށް އަމާޒުވާތީ ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 12 މެމްބަރުންގެ ސޮޔާއެކު ކަމަށް ނާޒިލް ވިދާޅުވިއެވެ.