ފަސް މީހުންނާއެކު ގދ. ގައްދޫން ހުޅުމާލެއަށް ދަތުރުކުރި ސަޕްލައި ދޯނި ފެނިއްޖެއެވެ.
ގައްދޫން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ "ކަށި ވާލި" (ބްރިލިއަންޓް ކެރިއާ) ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގެ ހަބަރެއް ނުވެގެން އިއްޔެ ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަންއަށް ރިޕޯޓުކުރިއެވެ.
އެމްއެންޑީއެފްގެ މީޑިޔާ ގްރޫޕުގައި މިއަދު ބުނީ އެ ދޯނި ހޯދަން ކުރި މަސައްކަތުން، އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކަކާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން އެ ދޯނި ހޯދުނީ މިއަދުގެ ފަތިހު 04:00 ހާއިރު ކަމަށެވެ.
އެގޮތުން ދޯނި ހޯދުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ގއ. ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުން ދޯނި ފެނުނު އިރު ދޯނީގެ އިންޖީނު ހުއްޓިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ ދޯނީގެ ވެރިފަރާތާ ގުޅިގެން މިހާރު އެ ދޯނި، ކައިރި ރަށެއްގެ ބަނދަރަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފާތިމަތު ލިއުޝާ
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް