ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދިޔަ ދެކުނު އޭޝީއާގެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ 15 އަދި 19 އަހަރުން ދަށުގެ ކުޅުންތެރިން ރަނގަޅު ނަތީޖާތަކެއް ހޯދައިފިއެވެ.
ރާއްޖޭގެ ޖޫނިއާ ޓީމުތަކުން ކެޑެޓް އަދި 19 އަަހަރުން ދަށުގެ ކެޓަގަރީން ރާއްޖެއިން ވަނީ އެއް ރިހި މެޑަލްއާއި ދެ ލޯ މެޑަލް ހޯދައިފައެވެ.
ނަވާރަ އަހަރުން ދަށުގެ ކެޓަގަރީގެ މިކްސް ޑަބަލްސް ފައިނަލަށް ޒީކް ހަސަން ލަތީފާއި މަލާކް ބިންތު މުއިއްޒު ދަތުރުކޮށްފައިވާ އިރު، ސެމީ ފައިނަލުގައި އެ ޕެއާއިން ވަނީ ޕާކިސްތާނުގެ ބިލާލާއި ހާން ޒުނައިރާގެ ޕެއާ ބަލިކޮށްފައެވެ. ފައިނަލުގައި ޒީކާއި މަލާކްގެ ޕެއާއިން ބަލިވީ އިންޑިއާގެ ވަރުގަދަ ޕެއާ ކައިރިންނެވެ.
ރާއްޖޭގެ 15 އަހަރުން ދަށުގެ އަންހެން ޓީމުން ކެޑެޓް ކެޓަގަރީގެ ޓީމް އިވެންޓުން ލޯ މެޑަލް ހޯދާފައިވާ އިރު، އެ މެޑަލް ޔަގީންކުރީ ބަންގްލަދޭޝް ކައިރިން 3-1 ގޭމުން މޮޅުވެގެންނެވެ.
ދެން ރާއްޖެއިން ލޯ މެޑަލް ހޯދީ ކެޑެޓް ކެޓަގަރީގެ މިކްސް ޑަބަލްސް އިވެންޓުންނެވެ. އެއީ 15 އަހަރުން ދަށުގެ އުމުރުފުރާއިން މުހައްމަދު ހަލަފް ރާފިއުއާއި އައިޝަތު އަލްސާ ނާފިޒް ހޯދި ލޯ މެޑަލްއެކެވެ.
ޖުމުލަ ހަ ގައުމަކުން ވާދަކުރި ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތް އެންމެ ކާމިޔާބުކޮށް ނިންމާލީ އިންޑިއާއިންނެވެ. މިއަހަރުގެ މުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 24 އިން 27 އަށެވެ.
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް