އެޕަލް ވޮޗް ގެންގުޅޭ އުރީދޫ ކަސްޓަމަރުންނަށް އެޕަލް ވޮޗް ސެލިއުލާ ސާވިސްގެ ދަށުން އުރީދޫ އީ-ސިމްގެ ހިދުމަތް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
އެ ހިދުމަތް ތައާރަފުކޮށް އުރީދޫ މޯލްޑިވްސް އިން ވަނީ މިހާރު ކުރިއަށްދާ ހާއްސަ އޮފާގެ ދަށުން ހިދުމަތް ނަގާ ކަސްޓަމަރުންނަށް ހަ މަސް ދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ލިބޭނެ ގޮތް ހަދައިފަ އެވެ. އެ ހާއްސަ އޮފާގެ މުއްދަތަށްފަހު ހިދުމަތް ލިބޭނީ މަހަކު 200 ރުފިޔާ ދެއްކުމަށްފަހުއެވެ.
ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް އެ ހިދުމަތް ހުޅުވާލާފައިވާއިރު، ހިދުމަތް ނަގާ ކަސްޓަމަރުންގެ އަތުގައި އައިފޯނެއް ނެތްކަމުގައި ވިޔަސް ސީދާ އެޕަލް ވޮޗުން ކޯލް ކުރެވޭނެ އެވެ.
އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އިތުބާރު ކުރެވޭ ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން މޫލީ މެދުވެރިކޮށް ލިބޭނެ އެވެ.
ފާތިމަތު ލިއުޝާ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް