މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ، ފެން ހިންދުމަށް އެމްއެންޑީއެފުން ނުކުމެއްޖެއެވެ.
މިރޭ އިރުއޮއްސުނު ފަހުން މާލެއަށް ހުއްޓުމެއް ނެތި ވެހެމުންދާ ވާރޭގައި މާލޭގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.
އެމްއެންޑީއެފުން ބުނީ، ފެން ހިންދުމުގެ މަސައްކަތް ފެށީ މިރޭ 9:40 ގައި ކަމަށެވެ.
އެމްއެންޑީއެފުން އަންނަނީ މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ ފަސް ސަރަހައްދުގައި ފަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ސަރަހައްދުތައް:
- ވެސްޓް ޕާކް ސަރަހައްދު
- އައިޖީއެމްއެޗް ސަރަހައްދު
- މާފަންނު ފެރީ ޓާމިނަލް ސަރަހައްދު
- ބޮޑުވަޅު ސަރަހައްދު
- ދަރުބާރުގެ ސަރަހައްދު
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް