ޗައިނާގެ ކޯސްޓްގާޑުން ދެކުނު ޗައިނާ ކަނޑުން ފިނޮޅެއް ވެރިކޮށްފިއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސުން ކޮންޓްރޯލް ކުރާ ސަރަހައްދުގައި އޮތް ފިނޮޅު ވެރިކޮށްފައިވަނީ ޗައިނާގެ ކޯސްޓްގާޑުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް ރިޕޯޓުކޮށްފައެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން އެ ފިނޮޅުގެ ފޮޓޯތައް އާންމު ކޮށްފައިވާއިރު އެ ފޮޓޯތަކުން ފެންނަނީ ޗައިނާގެ ކޯސްޓްގާޑުގެ ބަޔަކު ޗައިނާ ދިދަ ހިފައިގެން ފިނޮޅުގައި ތިބޭ މަންޒަރެވެ.
ޗައިނާގެ މީޑިއާއިން ވަނީ އެ ގައުމުން އެފިނޮޅުގެ މެރިޓައިމް ކޮންޓްރޯލް ނަގައިފައިވާ ކަމަށާއި އެ ފިނޮޅުގެ ވެރިކަން ޗައިނާއަށް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
ޗައިނާ އާއި ފިލިޕީންސުން ދެކުނު ޗައިނާ ކަނޑުގައި ހުރި ރަށްތައް ވެރިކުރަމުން އަންނައިރު މިފަހަރު ޗައިނާއިން ވެރިކޮށްފައިވާ ފިނޮޅާ ގުޅިގެން ފިލިޕީންސުން އަދި ވާހަކަ ދައްކާފައެއްނުވެއެވެ.
ޗައިނާއިން ވެރިކޮށްފައިވާ މި ފިނޮޅަކީ ފިލިޕީންސްގެ މިލިޓަރީ ބޭސް އެއް އޮންނަ ތިޓޫ އައިލެންޑް ކައިރީ އޮންނަ ފިނޮޅެއް ކަމަށް އޮފިޝަލުން ބުނެއެވެ. ފިލިޕީންސްގެ އެ މިލިޓަރީ ބޭސް އަކީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ މިލިޓަރީގެ ހަރަކާތްތައް ބެލުމަށް ބޭނުންކުރާ ބޭސް އެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު