ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި އަލީ މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާމެދު ގޮތެއް ނިންމުމުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ މައްސަލަ ބެލުމަށްފަހު، ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ނިންމާފައިވަނީ އެ ދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށެވެ.
އެ ދެބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ކޮމިޓީން ނިިންމާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން އިސްމާއީލް ލަތީފުގެ ބަންދާމެދު ކުރިމިނަލް ކޯޓުން ނެރުނު އަމުރަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.
އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމައިފިނަމަ އެ މައްސަލަ ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއަށްފަހު މަޖިލިސް ތަޅުމުގައި އެކަން އިއުލާންކޮށް، އެ މައްސަލައިގައި ޖޭއެސްސީން ގޮތް ނިންމާފައިވަނީ ރަނގަޅަށްތޯ ބެލުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އެ މައްސަލަ ފޮނުވާނެއެވެ.
އެ މައްސަލައަށް މަޖިލީހު ގޮތެއް ނިންމާނީ އެ މައްސަލަ ޖުޑީޝަރީ ކޮމިޓީން ތަހުގީގުކޮށް އެ ކޮމިޓީން ނިންމާ ގޮތުގެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމުން، އެއަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށްފަހުގައެވެ.
ޖޭއެސްސީން ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ، މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފަނޑިޔާރުކަމުން ސަސްޕެންޑް ކުރިއެވެ. އޭގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އިބްރާހިމް ޒަކީ
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން