އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގުޅިގެން ރާއްޖޭގެ އެންމެ މޮޅު ބައެއް ސިމް ރޭސަރުން އެއްތަނަކަށް ގެނެސް، ކުރިއަށް ގެންދިޔަ ގްރޭންޑް ޓިއުރިސްމޯ 7ގެ ލެޖެންޑްސް ސާކިޓްގެ ސީޒަން އެކެއް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ފަނަރަ ކުޅުންތެރިން ބައިވެރިވި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު މާއިޝް އެވެ. އޭނާއަށް 2،500ރ. ގެ ފައިސާގެ އިނާމެއް ދިނެވެ. ދެވަނައަށް ހޮވުނު މުހައްމަދު ޔޫހުއަށް 1،500ރ. އަދި ތިންވަނައަށް ހޮވުނު އަޔާން އަހުމަދަށް ދިނީ 1،000ރ. އެވެ. އެ ތިން ކުޅުންތެރިން ވަނީ ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ގްރޭންޑް ފިނާލޭއަށް ކޮލިފައިވެފައެވެ.

އުރީދޫން ބުނީ މުބާރާތުގެ ސީޒަން 2ގެ މައުލޫމާތު އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކުރާނެ ކަމަށެވެ. އަދި ޖީޓީ7 ލެޖެންޑްސް ސާކިޓް ގްރޭންޑް ފިނާލޭގައި ދެ ސީޒަނުން ވަނަ ހޯދައި ކޮލިފައިވާ ފަރާތްތަކުން ވާދަކުރާނީ 15،000 ރުފިޔާގެ އަލްޓިމޭޓް ޕްރައިޒް ޕޫލަށް ކަމަށް ބުންޏެވެ.