ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޮލިސް ކޮމިޝަނަރު ޝުޖާއު މަަގާމުގެ އިސްތިއުފާ ހުށައެޅުއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޭނާގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.
ޝުޖާއު އިސްތިއުފާ ދެއްވާފައި މިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ އިސްތިއުފާ ދެއްވަން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.
ޝުޖާއުގެ އިސްތިއުފާ އާއެކު ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕޮލިސް ކޮމިޝަނަރު ކަމުން ޝުޖާއު މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެމަތިން އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ފަރުހާދުއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
ޔުންމު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުންގެ އިސްވެ، ސިލްސިލާކޮށް މާލޭގައި މުޒާހަރާކުރަމުންދާއިރު، އެ ޒުވާނުން ވަނީ ގިނަ ޑިމާންޑްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި މިނިސްޓަރު އިހްސާނާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިސްތިއުފާދެއްވުންވެސް ހިމެނެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް