ހުޅުމާލޭގައި މިކްސްޑް ޔޫސްޑް ރެސިޑެންޝަލް ކޮމްލެކްސް އެއް ތަރައްގީކުރުމަށް، ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރި ނޯޓިސްއަށް އަމަލުނުކުރަން އެޗްޑީސީގެ މައްޗަށް ސިވިލް ކޯޓުން އަމުރެއް ނުނެރުނެވެ.
މި މައްސަލައަކީ ހުޅުމާލޭގައި މިކްސްޑް ޔޫސްޑް ރެސިޑެންޝަލް ކޮމްލެކްސް އެއް ތަރައްގީ ކުރުމަށް، އެޗްޑީސީން ޖާހުއާ ހަވާލުކުރި އެއްބަސްވުން ބާތިލުކުރުމުން އެޗްޑީސީއާ ދެކޮޅަށް ޖާހު، ސިވިލް ކޯޓަށް ހުށަހަޅާ މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ ކުރިން އެ އެއްބަސްވުން ބާތިލުކުރި ނޯޓިސް އަށް އަމަލުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޖާހުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައިވާ ގޮތުން 24 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެޗްޑީސީން ޖާހުއާ މަސައްކަތް ހަވާލުުކުރުމަށްފަހު އެ މުއްދަތު 8 އޮކްޓޯބަރު، އޭގެ ފަހުން 30 އޭޕްރީލް 2021 އާ ހަމައަށް އަދި އޭގެ ފަހުން 31 އޮކްޓޫބަރު 2022 އަށް އަދި 31 ޑިސެމްބަރު 2022 އަށް މުއްދަތު އިތުރުކުރިއެވެ. އެއަށްފަހު މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު ޖާހުއާއެކު ހަދާފައިވާ އެގްރީމެންޓް ބާތިލުކުރުމަށް އެޗްޑީސީން ވަނީ ނޯޓިސް ފޮނުވައިފައެވެ.
އެހެންކަމުން އެ ނޯޓީސްއަށް އަމަލު ނުކުރުމަށާއި އެތަނާ ހަވާލުވުމުގެ ގޮތުން އެޗްޑީސީން އެއްވެސް ކަމެއް ނުކުރުމަށް އެޗްޑީސީގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ޖާހުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޖާހުން އެދުނު ގޮތަށް އެޗްޑީސީގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަލާ ކަމަށެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް
ކޮބައިހޭ ކޭޕާެކް؟ މަންޑޭ އަށް އެހެންގޮތެއް! މާގިނައިން ދީފަ އޮތީ ހެއްޔެވެ؟
އަލިބެ - 1 އަހަރު ކުރިން