ޗެލްސީގެ އިންގްލެންޑް ތަރި ކޯލް ޕާމާއަށް ގޯލު ޖަހަން އުނދަގޫ ވެގެން އުޅެނީ "މެންޓަލް" މައްސަލައަކުން ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
ޕާމާ، 22، މިހާރު ގޯލެއް ނުޖަހާތާ 16 މެޗު ވެއްޖެއެވެ. ސީޒަނުގެ ކުރީކޮޅުގައި އޭނާ ރަނގަޅު ފޯމެއްގައި ހުރި އިރު، ފުރަތަމަ ކުޅުނު 23 މެޗުގައި އޭނާ 14 ގޯލު ޖެހިއެވެ. ޕާމާއަށް ގޯލެއް ޖަހަން އުނދަގޫވެގެން އުޅޭ ނަމަވެސް، މިދިޔަ 16 މެޗު ތެރޭގައި އޭނާ އަށްވުރެ ގިނައިން ހަމަލާތައް އުފެއްދި ކުޅުންތެރިޔަކު ލީގުގައިވެސް ނެތެވެ.
މިދިޔަ ދުވަސްތަކުގައި ޕާމާ ވަނީ 41 ހަމަލާއެއް އުފައްދާ، ގޯލެއް ޖަހަން މަސައްކަތް ކޮށްފައެވެ.
"ޕާމާގެ ނެތް މާބޮޑު މައްސަލައެއް. އެއީ ހަމަ މެންޓަލް ކަމެއް. އެއީ ޓެކްޓިކަލް އަދި ޓެކްނިކަލް ބަދަލެއްގެ ސަބަބުން، ނޫނީ ފިޒިކަލް ކަމެއްގެ ސަބަބުން ދިމާވާ މައްސަލައެއް ނޫން،" ކޯޗު މަރެސްކާ ބުންޏެވެ.
މަރެސްކާ ބުނީ ޕާމާއަކީ އަދިވެސް 20 މެޗުން 14 ގޯލު ޖެހޭ ފެންވަރުގެ ވަރުގަދަ ކުޅުންތެރިއެއް ކަމަށާއި، އެ ޕާމާއެއް އަދިވެސް ބަދަލެއް ނުވާ ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި ޕާމާ ހާސްވެފައި ހުންނާތީ ގޯލެއް ޖަހަން އުނދަގޫވާ ކަމަށްވެސް މަރެސްކާ ބުންޏެވެ.
"ޕާމާ އަސްލު ވަރަށް ބޭނުންވާނެ ޓީމަށް އެހީވެދޭން. އެކަމަށް ޕާމާއަށް މިހާރު ވަރަށް އުނދަގޫވޭ. މޮޅުވާނަމަވެސް ޕާމާއަށް މައްސަލައެއް ނޯންނާނެ. އެކަން ފެންނާނެ އެންމެފަހުން ކުޅުނު މެޗުގައިވެސް. ފުލަމް ކައިރިން މޮޅުވި މެޗުގައިވެސް ޕާމާ ފެނުނީ ތަފާތު ރޫހެއްގައި،" މަރެސްކާ ބުންޏެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ