އެޕަލްއިން އަންނަ އަހަރު ނެރެން ތައްޔާރުވަމުން އަންނަ އެޕަލް ވޮޗް ސީރީސް 11 އާ ބެހޭ އިތުރު މައުލޫމާތުތަކެއް ވަނީ ހާމަވެއްޖެއެވެ. މި ވޮޗް ނެރުމަށް ހަމަޖެހިފައިވަނީ އެޕަލް ވޮޗް އަލްޓްރާ 3 އާ އެކުގައެވެ.
އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސީރީސް 11 ގެ ޑިޒައިނަށް މާ ބޮޑު ބަދަލެއް ނާންނާނެ އެވެ. ނަމަވެސް ސްކައިބްލޫ ކުލައިގެ މޮޑެލެއް ތައާރަފުކުރުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން، އާ އެސް11 އެސްއައިޕީ ޗިޕްސެޓް ބޭނުންކުރާނެ ވަނީ ބެލެވިފައެވެ.
އާ ސެންސަރުންސަރުތަކެއް ނާންނާނެ ކަމަށް ބެލެވުނު ނަމަވެސް، ވޮޗްއޯއެސް 12 ގެ ތެރެއިން އާޓިފިޝަލް އިންޓެލިޖެންސް ފީާތަކެއް ތައާރަފުކުރުމުގެ ފުރުސަތު އެބައޮތެވެ. މިއީ އެޕަލްގެ އެހެން އުފެއްދުންތަކުގައިވެސް ހިމަނާފައިވާ ފީޗާއެކެވެ.
ޖުމުލަ ގޮތެއްގައި، އެޕަލް ވޮޗް ސީރީސް 11 އަކީ ކުރީގެ މޮޑެލްތަކާ އަޅައިބަލާއިރު ކުދިކުދި ތަރައްގީތަކެއް ގެނެސްދޭނެ އުފެއްދުމެއްގެ ގޮތުގައި ބެލެވެއެވެ. މި ވޮޗް ރަސްމީކޮށް ތައާރަފުކުރާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ