މާލޭގެ ޑްރަގު ނެޓްވޯކަކުން ހޯދި 64 މިލިއަން ރުފިޔާގެ ތުހުގީގު ނިންމައި، ވަރަށް އަވަހަށް ދައުވާކުރުމަށް ފޮނުވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސީޕީ ޝުޖާއު ވިދާޅުވީ މާލެއަށް ނިސްބަތްވާ ނަން މަޝްހޫރު ގްރޫޕެއްގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ނިމި، އެ ނެޓްވޯކުގައި އުޅޭ މީސްމީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށެވެ.
"ޖުމުލަ 11 މީހުން ހިމެނޭ މި ނެޓްވޯކުގައި 64 މިލިއަން ރުފިޔާ ދައުރުކުރި ގޮތް ބެލުމަށް ހިންގުނު ތަހުގީގެއް މިއީ. މިކަމުން ހިންގުނު ތަހުގީގުގައި ދައުރުވެފައިވާ ފައިސާގެ ބޮޑުބައެއް އެއީ ކުށްކޮށްގެން ހޯދި ފައިސާކަން ވަނީ ދެނެގަނެވިފައި. މި މައްސަލަ ވަރަށް އަވަހަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި، މި މައްސަލައިގައި ހިމެނޭ މީހުންގެ މުދަލެއް ވާ ނަމަ، ދައުލަތަށް އެ މުދާތައް ނަގައިދިނުމަށް އެދޭނަން،" ސީޕީ ވިދާޅުވިއެވެ.
ސީޕީ ޝުޖާއު ވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ޕްލޭން ކުރެވިގެން ވެށި ރައްކަލުގެ ނަމުގައި ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނާ ގުޅޭގޮތުން ވެސް ވާހަކަދައްކަވައިފައެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވުމުން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެ މީހުންގެ މައްޗަށް ދައުވާކޮށްފައެވެ. ޕީޖީން ދައުވާކޮށްފައިވަނީ އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުވާ ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމާއި ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދުގެ މައްޗަށެވެ.
ސީޕީ ޝުޖާއު ވިދާޅުވީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ޕްލޭން ކުރެވިގެން ވެށި ރައްކަލުގެ ނަމުގައި ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ނެޓްވޯކަކުން 112 މީހުން ހޯދައި، 121 މައްސަލައެއް ތަހުގީގުކޮށްފައިވާނެ ކަމަށެވެ.
"އަދި މި ނެޓްވޯކުން މުއްސަނދިކަން ލިބިފައިވާ މި ނެޓްވޯކުގެ ބޮޑުންގެ ގޮތުގައި ބެލެވުނު ދެ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައި. އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މި މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައި. އަދި މި މީހުން ކުށްކޮށްގެން ހޯދާފައިވާ ފައިސާއިން ގަނެފައިވާ އަގުބޮޑެތި މުދާތައް ވަނީ ދައުލަތަށް ނަގައިދިނުމަށް އެދިފައި. މި ދެ މީހުންގެ އެކައުންޓުގައި 60 މިލިއަން ރުފިޔާ ފަސް އަހަރުގެ ތެރޭގައި ދައުރުކޮށްފައިވޭ،" ސީޕީ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ގިނަ ފުލުހުންތަކެއް ގުޅިގެން ހިންގުނު އެ ތަހުގީގުގައި 42 މީހުންގެ ބޭންކު ސްޓޭޓްމަންޓުތައް ހޯދައި، އޭގެ އެނަލިސިސް ހަދައި، ދައުރުވާ ފައިސާއަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއްތޯ ބަލަން ވަރަށް ގިނަ ވަގުތު ދިރާސާގައި ހޭދަކޮށްފައިވާ ކަމަށެވެ.
"މި ކޭހުން އަޅުގަނޑުމެންގެ މަސައްކަތަށް ލިބުނު ޔަގީންކަމަކީ މިހާރު އެކްޓިވްކޮށް ނެޓްވޯކުތަކުގައި ނޫޅުނަސް، އެފަދަ މީސްމީހުންނަށް ލިބިފައިވާ މުއްސަނދިކަމަކީ މިފަދަ މީސްމީހުން ނެޓްވޯކުތަކުގައި އުޅުނު ދުވަސްވަރު ލިބުނު ފައިސާތޯ ބަލައި ތަހުގީގުކުރެވޭނެކަން. އަދި ފުލުހުންގެ ތަހުގީގުތައް ޖިނާއީ އަދުލުގެ ނިޒާމުން ބަލައިގަންނަކަން،" ސީޕީ ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ އަހަރެއްހާ ދުވަސް ނެގި އެ ތަހުގީގުތަކުން ކުރިއަށްދާންވީ ގޮތް އެނގިގެން ގޮސްފައިވާ ކަމަށާއި ފުލުހުން ފެށި އެ މަސައްކަތް ނިންމާލާނީ ރާއްޖޭގައި އުފެދިފައިވާ ގްރޫޕުތަކާއި ނެޓްވޯކުތަކުގެ ބޮޑުންގެ މައްޗަށް އެ ތަހުގީގު ހިންގާފައި ކަމަށެވެ. އަދި އެ މީސްމީހުން ކުށްކޮށްގެން ހޯދާފައިވާ މުދާތައް ދައުލަތަށް ނަގާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
ޙައްލަކީ ޢުމަރު.
ހުދުހުދު - 1 އަހަރު ކުރިން
ތިޔަ ކުރެއްވި އިޚްލާޞްތެރި މަސައްކަތަށް ޝުކުރާއި ސާބަހެވެ. އަދި ތިޔަ މަސްކަތަކީ މިއަދު މިޤައުމަށް އެންމެ ބޭނުންޖެހިފައިވާ އަޞްލާޙީ މަސައްކަތެއް ކަމުގައިވެވެސް އުފަލާއެކު ދަންނަވަން ޖެހެއެވެ. ޝުކުރިއްޔާ ސީޕީ
މ. ރަޝީދު - 1 އަހަރު ކުރިން