އިންޑިއާ މީހުން ޕާކިސްތާނަށް އެތެރެވުން މަނާކޮށްފިއެވެެ.
ކަޝްމީރުގެ އިންޑިއާ އިން ކޮންޓްރޯލްކުރާ ސަރަހައްދުގައި މިދިޔަ އަންގާރަދުވަހު ބަޑިން ހަމަލާދީގެން 26 ފަތުރުވެރިން މަރާލުމާއެކު ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ދެގައުމުގެ ދެމެދު މަޝްރަހު ގޯސްވާން ފެށުމާއެކު ޕާކިސްތާނުން މިވަނީ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައެވެ. އެގޮތުން އިއްޔެއިން ފެށިގެން އިންޑިއާ މީހުންނަށް ވިސާ ދިނުން ޕާކިސްތާނުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.
ޕާކިސްތާނުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަނީ އިންޑިއާގެ ފްލައިޓުތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދުވެސް ބަންދުކޮށްފައެވެ. އަދި ޕާކިސްތާނުގައި ތިބި އިންޑިއާގެ ޑިޕްލޮމޭޓުން ގައުމަށް ފޮނުވާލުމަށްވެސް ނިންމާފައިވާކަމަށް އެ ގައުމުން ބުނެއެވެ.
ކަޝްމީރުގައި ހަމަލާ ދިން މީހުން ކަމަށް އިންޑިއާއިން ވަނީ ތިން މީހެއްގެ މައުލޫމާތު އާންމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަޝްމީރަށް ނިސްބަތްވާ މީހަކާއި ޕާކިސްތާނުގެ ދެ މީހެކެވެ. ނަމަވެސް ޕާކިސްތާނުން އެކަން ފަހުން ވަނީ ދޮގުކޮށްފައެވެ.
ހަމަލާއަށްފަހު އިންޑިއާއިން ވަނީ ކަޝްމީރު ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް އެ ހަމަލާގެ ފަހަތުގައި ވާ މީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.
އިންޑިއާއިން ވެސް އާދިއްތަ ދުވަހުން ފެށިގެން އެ ގައުމަށް އެތެރެވުމަށް އެދި ހުށަހަޅާފައިވާ ޕާކސިްތާނު މީހުނަށް ވިސާ ނުދިނުމަށް ވަނީ ނިންމައިފައެވެ. އަދި ބޯޑަރު ހިމެނޭ ސަރަހައްދުވެސް ބަންދުކުރަން އިންޑިއާއިން ވަނީ ނިންމާފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ