ރ. ދުވާފަރުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 51 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ދުވާފަރުން 51 ބިދޭސީއަކުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަންގެ ޓާސްކް ފޯހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ދުވާފަރުގައި ކުރިއަށްގެންދިޔަ ހާއްސަ ރެއިޑެއްގައި ކަމަށެވެ.
އެ ރެއިޑު ކުރިއަށްގެންދިޔައީ ދުވާފަރު ކައުންސިލުގެ އެއްބާރުލުމާއެކު އިއްޔެ ހެނދުނު 8:00 އިން ހަވީރު 5:45 އަށެވެ.
އެ އޮޕަރޭޝަންގައި ދުވާފަރުގައި މަސައްކަތްކުރާ 100 އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކުރި ކަމަށާއި އަދި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 51 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ހިންގަމުންދާތީ އިމިގްރޭޝަނުން ދަނީ އެފަދަ ސަރަހައްދުތައް ފާހަގަކޮށް މޮނީޓާ ކުރަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މިހާތަނަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 6700 އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަނުން ވަނީ ޑީޕޯޓުކޮށްލާފައި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ފާތިމަތު ލިއުޝާ
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން
ބިދޭސީ މަސައްކަތްތެރިން