ޖީމެއިލް އެކައުންޓްތަކަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފިއެވެ. މިއީއާ ފިޝިން ސްކޭމެއް ފާހަގަކުރެވުމާ ގުޅިގެން ދީފައިވާ އިންޒާރެކެވެ. މި ސްކޭމުގައި ސްކޭމަރުން ގޫގުލްގެ ނަމުގައި ރަސްމީ އީމެއިލްތަކެއް ފޮނުވާފައިވެއެވެ.

ޑިވެލޮޕަރ ނިކް ޖޮންސަން ވަނީ މި މައްސަލަ ފާހަގަކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ސްކޭމަރުން ވަރަށް ފުރިހަމަ ގޮތަކަށް ފިޝިން އެޓޭކްތައް ހިންގާފައިވެއެވެ. މި އެޓޭކްތަކުގައި ގޫގުލްގެ ސަބްޑޮމެއިނެއް ބޭނުންކޮށްގެން ސްކްރިޕްޓްތައް ރަން ކޮށްފައިވެއެވެ. އަދި ގޫގުލް އެކައުންޓެއް ހަދައި، އޯއޯތް އެޕްލިކޭޝަނެއް ހަދައި، ސެކިއުރިޓީ އެލާޓެއް ޖެނެރޭޓްކޮށްފައިވެއެވެ.

ގޫގުލް އިން ބުނެފައިވަނީ މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާ ކަމަށެވެ. އެކައުންޓް ހެކް ކުރެވިއްޖެނަމަ، 7 ދުވަހުގެ ތެރޭގައި އަނބުރާ ހޯދިދާނެ އެވެ. ނަމަވެސް ވީހާވެސް އަވަހަކަށް މިކަމަށް ފިޔަވަޅު އަޅަން ޖެހޭނެއެވެ.

ގޫގުލް އިން ބުނެފައިވަނީ ސެކިއުރިޓީ ކީ ނުވަތަ ޕާސްކީ ބޭނުންކުރުމަށެވެ. އަދި ރިކަވަރީ އީމެއިލެއް އަދި ފޯނު ނަންބަރެއް އެކައުންޓާ ގުޅުވުމަށް ވެސް ލަފާދީފައިވެއެވެ. މީގެ އިތުރުން ޝައްކު ކުރެވޭ ކަންކަމާ ގުޅޭ އަޕްޑޭޓްތައް ލިބޭގޮތަށް ހަދަން ވެސް ބުނެފައިވެއެވެ.

ގޫގުލް އިން ނިއުސްވީކަށް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިން ރައްކާތެރިވުމަށް ޓޫ-ފެކްޓަރ އޮތެންޓިކޭޝަން އަދި ޕާސްކީ ބޭނުންކުރުމަށެވެ. މިއީ މިފަދަ ފިޝިން ކެމްޕޭންތަކުން ރައްކާތެރިވުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ބުނެފައިވެއެވެ.