ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން އޮތް އެއްވެސް ކުންފުންޏަކަށް ސަރުކާރުން އާ މަޝްރޫއުއެއް ހަވާލުނުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މިގޮތަށް ކޮމިޓީން ފާސްކުރީ އެޗްޑީސީން އެކި ވިޔަފާރުތަކަށް ދޫކޮށްފައިވާ ބިންތަކާއި އަދި އެހެނިހެން ކަންތައްކަށް ލިބެންޖެހޭ ފައިސާ ނުލިބޭ މައްސަލައާމެދު ބަހުސް ކުރުމަށްފަހުގައެވެ. ކޮމިޓީން ކުރި ދިރާސާ އިން ދައްކާ ގޮތުގައި އެކި ފަރާތްތަކުން އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރައެވެ.
އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާ އެކި ފަރާތްތަކުން ނުދައްކާ މައްސަލަަ މާލިއްޔަތު ކޮމިޓީން ތަހުގީގު ކުރުމަށްފަހު އެކަމާ ގުޅިގެން ރެކޮމެންޑޭޝަންތަކެއް ސަރުކާރަށް ހުށަހަޅަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއީދުކޮށް ފާސްކުރި އެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ސަރުކާރުން ބިޔަ ޕްރޮޖެކްޓްތައް ހަވާލުކުރާ ކުންފުނިތަަކަކީ ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދައްކަންޖެހި ނުދަައްކާވާ ފަރާތެއްތޯ ކަށަވަރު ކުރުމަށްފަހު ނޫނީ ސަރުކާރުގެ ޕްރޮޖެކްޓްތައް ހަވާލު ނުކުރެވޭނެ ނިޒާމެއް ބައްޓަން ކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުން ހިމެނެއެވެ.
އޭގެ އިތުރުން އެޗްޑީސީން ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން އެޗްޑީސީއަށް އެންގުމަށާއި ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ އެސެޓްތަކުގެ އެސްޓިމޭޓެޑް މާކެޓް އަގުތައް ހޯދުމަށްފަހު އެ ތަންތަން ހިފަހައްޓައިގެން ލިބެންޖެހޭ ފައިސާ ހޯދުމަށާއި އެޗްޑީސީން ހުޅުވާލާ ބިޑްތަކާއި ވިޔަފާރީގެ ފުރުސަތުތަކަށް އެދި ކުރިމަތިލާ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ނުދައްކާވާ ފައިސާއެއްވޭތޯ ބަލައި އިވެލުވޭޓް ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްވެސް އެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި އެޗްޑީސީން އަލަށް ހަވާލުކުރާ ޕްރޮޖެކްޓްތައް ނުވަތަ ބިޑަކަށް ކުރިމަތިލާ ފަރާތްތަކީވެސް އެޗްޑިސީއަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭ ފަރާތެއްތޯ ކަށަވަރު ކުރުމަށްފަހު ނޫނީ އިތުރު ޕްރޮޖެކްތްތައް ހަވާލުނުކުރުމަށް ވެސް ވަނީ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމަނައިފައެވެ.
އިބްރާހިމް ޒަކީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ