ކުޑަގިރި، ޕިކްނިކް އައިލެންޑުގައި ކެފޭއެއް ހަދައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކެފޭއެއް ހެދުމަށް ހަމަޖެހިފައިވަނީ 1،541.71 އަކަފޫޓުގެ ބިމެއްގައި ކަމަށެވެ.

ކެފޭ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޕްރޮޕޯސަލް ހުށަހަޅަންވާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކަމަށް އެޗްޑީސީން ބުންޏެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ބިޑް ސެކިއުރިޓީއާ އެއްގޮތަށް އެޗްޑީސީގެ ޕޯޓަލަށްކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ކެފޭ ހެދުމުގެ މަސައްކަތައް ޝަރުތު ހަމަވާ ފަރާތަކާއެކު ހަތް ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.