މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް އެމްޓީސީސީން ފެރީ ދަތުރުތައް ފަށައިފިއެވެ.
ކުޑަގިރިއަށް ދަތުރު ދާން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަކޮށް އިންތިޒާމުތައް ހަމަޖެހުއްސުމަށް ގެނައި އެ ބަދަލާއެކު، މިހާރު އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ބުކް ކުރެވޭނެއެވެ.
މި ދަތުރުތައް ފަށާފައިވަނީ 140 މީހުންގެ ޖާގައިގެ ފެރީ އަކާއެކުއެވެ. އަދި މާލެއާއި ކުޑަގިރިއާ ދެމެދު ދުވާލަކު ހަ ދަތުރު ކުރާނެއެވެ. އެ ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެވެސް ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
އެޗްޑީސީން ބުނީ، ކުރިއަށް އޮތްތަނުގައި ސީދާ ހުޅުމާލެ އިން ފެރީގައި ކުޑަގިރިއަށް ދެވޭ ގޮތަށް ހިދުމަތްތައް ފުޅާކުރާނެ ކަމަށެވެ.
އެމްޓީސީސީ ފެރީ ޝެޑިއުލް
- މާލެއިން ކުޑަގިރިއަށް ހެނދުނު 06:30
- މާލެއިން ކުޑަގިރިއަށް ހެނދުނު 08:00
- މާލެއިން ކުޑަގިރިއަށް ހެނދުނު 09:30
- ކުޑަގިރިން މާލެއަށް ހަވީރު 4:00
- ކުޑަގިރިން މާލެއަށް ހަވީރު 5:30
- ކުޑަގިރިން މާލެއަށް ހަވީރު 7:00
އެޗްޑީސީން ބުނީ، ތަފާސް ހިސާބުތަކަށް ބަލާ އިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމުލަ 54،724 މީހުން ކުޑަގިރިއަށް ގޮސްފައިވާ ކަމަށެވެ. އަދި ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެ ރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމާ ސެޓިސްފެކްޝަން ހުރީ 70 އިން މަތީގައި ކަމަށްވެސް ބުންޏެވެ.
އެ ކުންފުނިން ބުނީ، އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅުކުރުމަށް ކަމަށެވެ.
މުހައްމަދު ސިމާއު
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ