ގްރޭޓަސްޓް އޮފް އޯލް ޓައިމްސް (ގޯޓް) ނުވަތަ އެންމެ މޮޅު ކުޅުންތެރިއަކީ ލިއަނަލް މެސީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން މިއަދު ގެނެސްދޭން ފެށި ޕޮޑްކާސްޓެއްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނަކީ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރެއް ނަމަވެސް ގޯޓަކީ މެސީ ކަމަށެވެ.
”ރޮނަލްޑޯއަކީ، ޔެސް އައި ވެރީ ލައިކް ހިމް އަ ލޮޓް. ވަރަށް ވަރަށް މޮޅު ޕްލޭޔާއެއް. ބަޓް މެސީ އިސް އަ ބިޓް ބެޓާ ހިމް ފޮޓްބޯލީ ވައިސް…،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރޮނަލްޑޯގެ ވިސްނުންވެސް އައިޑިއޮލޮޖީވެސް މާރަނގަޅު ކަމަށާއި އޭނާ ގަބޫލުކުރާ ގަބޫލުކުރުންތައްވެސް މާރަނގަޅު ކަމަށެވެ. ނަމަވެސް ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިއަކީ މެސީ ކަމަށެވެ.
މުހައްމަދު ސިމާއު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު