އިޓަލިއަން ސެެރެއާ އޭގައި ރޭ އިންޓަ މިލާނުން ކުޅުނު މެޗުން އެޓީމު ބަލިވުމާއެކު، ލީގު ތާވަލުގެ އެއްވަނައަށް ފޯރިގަދަވެއްޖެއެވެ.

މި ހަފުތާގައި ނަޕޯލީން ކުޅުނު މެޗުގައި މޮންޒާ ކައިރިން 1-0 އިން މޮޅުވެފައިވާ އިރު، އިންޓައިން ބޮލޯނިއާ ކައިރިން ރޭ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އިންޓަ މިވަގުތު އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މިހާތަނަށް އިންޓައިން 33 މެޗު ކުޅެ، 71 ޕޮއިންޓް ހޯދާފައިވާ އިރު، ނަޕޯލީ ދެވަނައިގައި އޮތީވެސް 33 މެޗުން 71 ޕޮއިންޓާއެކުގައެވެ. މިހަފުތާގައި ކުޅުނު މެޗުން ބަލިވެ އޭސީ މިލާން ނުވަ ވަނައިގައި އޮތް އިރު، ދެން ތިންވަނައިގައި އޮތް އެޓަލާންޓާއަށް ލިބިފައި ވަނީ 64 ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ އިތުރުން އިޓަލީ ކަޕްގެ ސެމީ ފައިނަލުގައިވެސް އޮތް އިންޓައިން ޓްރެބަލްއަކަށް މަސައްކަތް ކުރަމުންދާ އިރު، ރޭ އެޓީމު ކޮޅަށް ގޯލު ވަނީ އެންމެ ފަހު ވަގުތުގައެވެ.

މެޗުގެ އިތުރުން ވަގުތުގައި ބޮލޯނިއާއިން ގޯލު ޖެހީ ދިގު އެއްލުމެއްގެ ފައިދާ ނަގައިގެންނެވެ. އޭރިއާ ތެރެއަށް އެއްލި ބޯޅަ ވެއްޓިގެންފައި ގޯލަށް ވައްދާލައި، އެޓީމު މޮޅުވި ގޯލު ޖެހީ ޑިފެންޑަރު ރިކާޑޯ އޮރްސޮލޯނީއެވެ.