ސްޕެނިޝް ލީގުގެ ދެވަނައިގައި ތަށްޓަށް ވާދަކުރަމުންދާ ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗުގައި އެތުލެޓިކް ކްލަބު ބަލިކޮށްފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ރެއާލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކުވެސް އެޓީމަށް ލީގު ހޯދުމަށް މިފަހަރު އޮތީ އުނދަގޫ ހާލަތެކެވެ. އެޓީމުން ދެވަނައިގައި 32 މެޗުން 69 ޕޮއިންޓާއެކު އޮތް އިރު، އެއްވަނައިގައި އޮތް ބާސެލޯނާއަށް ވަނީ 32 މެޗުން 73 ޕޮއިންޓް ލިބިފައެވެ.
ލީގުގައި ބާކީ ހަ މެޗު އޮތް އިރު، ރެއާލް އޮތީ ބާސާއަށްވުރެ ހަތަރު ޕޮއިންޓް ފަހަތުގައެވެ.
ރޭގެ މެޗަށް ރެއާލުން ނުކުތީ އެޓީމުގެ ފޯވަޑް، ކިލިއަން އެމްބާޕޭއާ ނުލައެވެ. އެއީ ރެއާލުން އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މާ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިނުވާ އިރު، ދެވަނަ ހާފުގައި ބޮޑަށް ނުރައްކާ ކުރީ ރެއާލުންނެވެ. އެޑުއާޑޯ ކަމަވިންގާއާއި ޖޫޑް ބެލިންހަމްގެ ހަމަލާތައް ބިލްބާއޯގެ ކީޕަރު އުނައި ސިމޮން މަތަކުރި އިރު، 11 މިނެޓު ބާކީ އޮއްވައި ވިނީޝިއަސް ޖޫނިއޯ ފޮނުވާލި ހަމަލާއެއް ގޯލަށްވެސް ވައްދާލިއެވެ.
އެހެން ނަމަވެސް، އެ ބޯޅައަށް ފުރުސަތު ތަނަވަސްކުރި އިރު، އެންޑްރިކް އޮތީ އޮފްސައިޑް މަގާމެއްގައެވެ.
އިތުރު ވަގުތުގައި ވަލްވާޑޭ ޖެހި ގޯލަކީ، އޭރިއާ ތެރެއިން ލިބުނު ބޯޅައެއްގައި ވޮލީއަކުން ފޮނުވާލައި، ކާމިޔާބުކުރި ގޯލެކެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ