ކ. ގުޅި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ 40 ޕަސެންޓު މަސައްކަތް ނިންމައިފިއެވެ.
އެ މަޝްރޫގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ އެ މަސައްކަތުގެ ދަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި 940 މީޓަރުގެ ރިވެޓްމަންޓް މަސައްކަތާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް އަދި 88 މީޓަރުގެ ގްރޮއިން މަސައްކަތް ހިމެނޭ އިރު، ގުޅީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މިދިޔަ އަހަރު އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރެއްވި އެންމެ ފުރަތަމަ ދަތުރުފުޅަކީ ކ. ގުޅިއަށް ކުރެއްވި ދަތުރުފުޅެވެ.
މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު އެ މަނިކުފާނު ގުޅިއަށް ވަޑައިގެންނެވުމުން، އެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ރަށުގެ ބިމުގެ މައްސަލަ އާއި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެދުމުން، އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.
އެ ދަތުރުފުޅާއެކު އެމްޓީސީސީން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ އިރު، ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފައެވެ.
ފާތިމަތު ލިއުޝާ
ކ. ގުޅި
ކ. ގުޅި
ކ. ގުޅި