މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން މި ހުޅުވާލީ އެ ކޮމިޝަންގެ މެންބަރުންގެ ތެރެއިން އައިމިނަތު އަމީނާ (އަނާ)ގެ މެންބަރުކަމުގެ ދައުރު ޖޫން 15 ވަނަ ދުވަހަށް ހަމަވާތީ އެވެ.
ރައީސް އޮފީހުން ބުނީ، ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވާލީ މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
މުހައްމަދު ސިމާއު
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން