ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ސުޕަ ލީގު (އައިޕީއެލް)ގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު، އުމުރުން އެންމެ 14 އަހަރުގެ ވެބާވް ސުރްވަންޝީ ހޯދައިފިއެވެ.
ރޭ ވެބާވް އެ ޝަރަފު ހޯދީ ލަކްނައު ސުޕަ ޖަޔަންޓްސްއާ ދެކޮޅަށް ރާޖަސްތާން ރޯޔަލްސްއިން ކުޅުނު މެޗުގައެވެ. އެ މެޗު ސުޕަ ޖަޔަންޓްސްއިން ދެ ލަނޑު ތަފާތުން ކާމިޔާބުކުރި އިރު، ރޯޔަލްސްއަށް ވެބާވް ކުޅެން ނުކުމެފައިވަނީ ކެޕްޓަން ސަންޖޫ ސަމްސޮންއަށް ލިބުނު އަނިޔާއާ ގުޅިގެން، އޭނާގެ ބަދަލުގައެވެ.
ވެބާވް އައިޕީއެލްއަށް ފުރަތަމަ ފަހަރަށް ނުކުމެ ކުރިމަތިލި ބޯޅަ، އޭނާ ވަނީ ހަޔަކަށް ޖަހައިފައެވެ. ވެބާވްގެ ކުރިން އައިޕީއެލްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު އޮތީ އުކުންތެރިޔާ ޕްރަޔަސް ރައި ބުރްމަން އަތުގައެވެ. 2019 ވަނަ އަހަރު އޭނާ ރޯޔަލް ޗެލެންޖާސް ބެންގަލޫރަށް ކުޅުނީ އުމުރުން 16 އަހަރާ 154 ދުވަހުގެ ތެރޭގައެވެ.
ވެބާވްއަށް 14 އަހަރު ފުރުނީ މިދިޔަ މަސް ތެރޭގައެވެ. މިދިޔަ އަހަރުގެ ނީލަމުގައި ރޯޔަލްސްއިން އޭނާގެ ސޮއި ހޯދާފައި ވަނީ 1.1 ކްރޯރު ރުޕީސްގެ އަގަކަށެވެ.
ސަވާއީ މަންސިންހް ސްޓޭޑިއަމްގައި ރޭ ކުޅުނު އައިޕީއެލް މެޗުގައި ސުޕަ ޖަޔަންޓްސްއަށް ޓޮސް ދިމާވުމުން އެޓީމުން ނިންމީ ބެޓް ކުރުމަށެވެ. ބެޓް ކުރުމަށް އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން އެޓީމުން ވަނީ 180 ލަނޑު ހަދައިފައެވެ.
އެންމެ ރަނގަޅަށް ކުޅުނު އައިދެން މަކްރަމް ވަނީ 45 ބޯޅައިން 66 ލަނޑު ހަދައިފައެވެ. އޭގެ އިތުރުން އަޔޫޝް ބަޑޯނީ ވަނީ 34 ބޯޅައިން ހާފް ސެންޗަރީ ހަދައިފައެވެ.
ބަދަލުގައި ރޯޔަލްސް ކުޅެން އަރައި، 20 އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައިވި އިރު، ހެދިފައި ވަނީ 178 ލަނޑެވެ.
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)