ސިޔާސީ ޕާޓީތައް ހިންގުމުގެ ނަމުގައި އާއިލާތަކަށް ފުރައްސާރަ ކުރަމުންދާ ކަމަށާއި އެފަދަ ކަންކަމަކީ މިފަދަ ޒަމާނެއްގައި އެއްވެސް މީހަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީންގެ ގާނޫނީ ވަކީލު އަދި އެ މަނިކުފާނުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައިވަނީ ހަދީސްގައިވާ ގޮތުން ފަތިސް ނަމާދުކުރިޔަސް މަކަރު ހަދާ މީހުންނަށް ސުވަރުގެ ހަރާންވާނެ ކަމަށެވެ.
"ކިތަންމެ ވަރަކަށް ޓީވީއާ އެއްޗެހި ހިފައިގެން ގޮސް ފަތިސް ނަމާދަށް އެރިޔަސް ތިއޮތީ ހަދީސެއް، މި މަކަރު ހަދާފައި ﷲ އޭނާގެ މައްޗަށް ސުވަރުގެ ހަރާން ކުރައްވާނެ ކަމަށް އެ އޮތީ ހަދީސްގައި އަންގަވާފައި،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލު އެގޮތަށް ވިދާޅުވިތަނާ ޕޯޑިއަމްގައި ހުންނެވި ނާއިފް ޝައުކަތު ވިދާޅުވެފައިވަނީ ރައީސް މުއިއްޒު މަރުވާނަމައޭ ބައެއް ފަރާތްތަކުން ހިތަށް އަރާ ކަމަށާއި އެ ވާހަކަ ދައްކާ އަޑު ކޮފީ މޭޒުތަކުން އިވޭ ކަމަށެވެ.
ޖަމީލާއި ނާއިފު ޝައުކަތުގެ އެ ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2007 ވަނަ އަހަރުގެ ނިޒާމީ ވޯޓުގެ ކުރިން އޭރުގެ ބޮޑު ދެ ޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައި ޖަމީލު ވަނީ ރުންކުރެވެ، އެތާތިބި ރައްޔިތުންނާ ދިމާލަށް ނާގާބިލާއި ޖާހިލަށް ގޮވައިފައި ސްޓޭޖް ދޫކުރައްވައި ވަޑައިގެންފައި ކަމަށެވެ. ސައީދު ވިދާޅުވީ އޭގެ 17 އަހަރު ފަހުންވެސް ޖަމީލްގެ ފަރާތުން ފެނިވަޑައިގަންނަވަނީ އެފަދަ މަންޒަރުތައް ކަމަށެވެ.
ސައީދު ވިދާޅުވީ ޖަމީލު ފަދަ މީހުންނާއި އަޅާބަލާއިރު ރައީސް މުއިއްޒަކީ ހަރުދަނާ، މަޑުމައިތިރި ރީތި އަހުލާގެއްގެ މީހެއް ކަމަށެވެ. ރައީސް މުއިއްޒަކީ ދެން ހުންނަ މީހާގެ ކަރާމަތް ހިފަހައްޓަވައި، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށް ސައީދު ވިދާޅުވިއެވެ.
"އެކަންކަން ކާމިޔާބުވުމުން (ވައުދުތައް ފުއްދުމުން) ރައީސް ޑރ. މުއިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވަމުން ދާތަން ފެނުމުން މިހެން ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ. ސިޔާސީ ޕާޓީ ހިންގުމުގެ ނަމުގައި މި މީހުން މި ކުރަނީ ގައުމަށާއި އާއިލާތަކަށްވެސް ފުރައްސާރަ. މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫން" ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ބަސްމަގު ހުތުރުވެ ފާފަފުއްސެވުމާއި ސުވަރުގެއާއި ނަރަކައަށް ވެއްދުން ފަދަ، ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާމެދުވެސް އެފަދަ މީހުން ގޮތް ނިންމާ ތައުބާވާން މަޖޫބުރުވާ ހިސާބަށް ކަންކަން ދަމުންދާ ކަމަށެވެ.
އެފަދަ ވިހަ ދޫތަކުން ދިވެހި އިސްލާމީ އުންމަތް ސަލާމަތް ކުރެއްވުމަށް ދުއާކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮބާ ބަންކަރިންގެ ޚިދުމަތް ކުރިޔަށްދޭތަ؟
ސައީދޫ - 1 އަހަރު ކުރިން