މާލެ ކައިރީގައި ހިންގާ ރިސޯޓެއް ކަމަށްވާ ވަރު ބައި އެޓްމޮސްފި ރިސޯޓު ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފުން ހިފައިފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ "މާލެ އަތޮޅު ވަރު ބައި އެޓޮމޮސްފެއާ ކައިރިން ފެނުނު ކިނބޫ މިހާރު ވަނީ ހިފައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައި" ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ އެ ކިނބޫ ރިސޯޓުގެ ވޯޓާވިލާތަކުގެ ކައިރިން ބޭރު ތޮށި މަތީގައި އޮންނަ މަންޒަރެވެ.
ރާއްޖޭގެ ރަށްރަށުގެ ފަޅުތެރެއިން ކިނބޫ ފެނުމަކީ މަދުން ނަމަވެސް ހިންގާ ކަމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ށ. އަތޮޅު ފަޅުރަށެއް ކަމަށްވާ ފަރުކޮޅުން 10 ފޫޓުގެ ކިނބުލެއް ފެނިގެން އޭތި ހިފައިފައިވެއެވެ.
ކިނބޫތައް ހިފުމަށްފަހު ރާއްޖެއާ ދުރު ހިސާބުތަކަށް ދޫކޮށްލައެވެ.
މުހައްމަދު އިޝާން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް