ކުޑަކުއްޖަކު ލައްވާ އޮރިޔާންކާޑު އުފެއްދި މީހަކު 20 އަހަރުގެ މުއްދަތަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ އަހުމަދު ރަޝްވާން އިސްމާއީލް ރަޝީދު ކިޔާ މީހަކަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުންކުރި މި ދައުވާގައި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުން އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މި ކުށުގެ އުގޫބާތެއްގެ ގޮތުން 20 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކށްފައެވެ.
މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނެ މައްސަލައަކަށްވާތީ، އެ ދައުވާއާބެހޭ އެހެން މައުލޫމާތެއް ކުރިމިނަލް ކޯޓުން ދީފައެއް ނުވެއެވެ.
އިބްރާހިމް ޒަކީ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ