އޯޕަން އޭއައި އިން ޗެޓްޖީޕީޓީގެ ޖީޕީޓީ-4އޯ މޮޑެލަށް އާ އަޕްގްރޭޑެއް ގެނެސް، އޭއައި މެދުވެރިކޮށް ފޮޓޯ އުފެއްދުމުގެ ގާބިލުކަން އިތުރުކޮށްފިއެވެ. މި އާ ފީޗާއާއެކު، މިހާރު ވަނީ "ޕްލަޝީ" ސްޓައިލްގެ ފޮޓޯތައް އުފެއްދުމުގެ ޓްރެންޑެއް ފެށިފައެވެ.

"ޕްލަޝީ" ސްޓައިލްގެ ފޮޓޯ އުފެއްދުމަށް:

  1. ޗެޓްޖީޕީޓީ އެޕް ނުވަތަ ވެބްސައިޓަށް ވަދެ ލޮގިންވުން
  2. ޖީޕީޓީ-4އޯ މޮޑެލް ސެލެކްޓް ކުރުން (ހިލޭ ބޭނުންކުރާ ފަރާތްތަކަށް ދުވާލަކު 3 ފޮޓޯ އުފެއްދޭނެ).
  3. ފުލް ލެންތު ފޮޓޯއެއް އަޕްލޯޑްކުރުން
  4. "Turn this image into a plushy" މިގޮތަށް ޕްރޮމްޕްޓް ލިޔުން.
  5. ޗެޓްޖީޕީޓީއިން މިނެޓެއްހާއިރުތެރޭ ފޮޓޯ އުފައްދާނެ.

މި ފީޗާއިން އުފައްދާ ފޮޓޯތަކުގައި މޫނުގެ ސިފަތަކަށް ކުޑަ ބަދަލުތަކެއް އަތުވެދާނެ އެވެ. އަދި ޕްލަސް ސަބްސްކްރިޕްޝަން ބޭނުންކުރާ ފަރާތްތަކަށް އިތުރަށް ރަނގަޅު ނަތީޖާ ލިބިދާނެ އެވެ.

އޯޕަން އޭއައި އިން އާ ޖީޕީޓީ-4.1 މޮޑެލެއްވެސް ތައާރަފުކޮށްފައިވާއިރު، މިއީ ކުރީގެ މޮޑެލްއަށްވުރެ އަވަސް، އިތުބާރުހުރި އަދި ހަރަދު ކުޑަ މޮޑެލެކެވެ. ނަމަވެސް މި މޮޑެލް މިހާރު ލިބެން ހުންނާނީ ޑިވެލޮޕަރުންނަށް އޭޕީއައި މެދުވެރިކޮށެވެ.