ކޮލިޓީ ދަށް ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުތައް ގައުރީ ހާންގެ މުމްބާއީގައި ހުންނަ ރެސްޓޯރަންޓް "ޓޯރީ" އިން، ދޮގުކޮށްފިއެވެ. މިކަން ދިމާވީ، އެތަނުގައި ވިއްކާ ޕަނީރު (ކޮޓެޖް ޗީޒް) ގެ ކޮލިޓީ ދަށްކަން ދައްކުވައިދޭ ވީޑިއޯއެއް އިންޓަނެޓުގައި ވައިރަލްވުމާ ގުޅިގެންނެވެ.
ޔޫޓިއުބަރު، ސާތަކް ސަޗްދޭވާ ވަނީ މުމްބާއީގެ މަޝްހޫރު މީހުންގެ ރެސްޓޯރަންޓުތަކަށް ގޮސް، އެތަންތަނުގައި ވިއްކާ ޕަނީރުގެ ކޮލިޓީ ޗެކްކޮށްފައެވެ. އޭނާ ބޭނުންކުރި ގޮތަކީ އައޮޑިން ޓިންކްޗަރ ބޭނުންކޮށްގެން ޕަނީރުގެ ކޮލިޓީ ބެލުމެވެ. ނަމަވެސް ޓޯރީގައި ވިއްކާ ޕަނީރު އައޮޑިންއާ ބައްދަލުވުމުން ކަޅުވެގެން ދިޔަ ކަމަށްއޭނާ ބުނެއެވެ.
މިކަމާ ގުޅިގެން ޓޯރީއިން ބުނެފައިވަނީ އައޮޑިން ޓެސްޓުން ދައްކުވައިދެނީ ސްޓާޗް ހުރިކަން ކަމަށާއި، އެއީ ޕަނީރުގެ އަސްލުކަން ދައްކުވައިދޭ އެއްޗެއް ނޫން ކަމަށެވެ. އަދި އެތަނުގައި ވިއްކާ ކާނާގައި ސޯޔާ ހިމެނޭތީ، އައޮޑިންއާ ބައްދަލުވުމުން ކަޅުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.
ނިއުޓްރިޝަން ސްޕެޝަލިސްޓް ޑރ. ކިރަން ސޯނީ ވިދާޅުވެފައިވަނީ އައޮޑިން ޓެސްޓުން ސްޓާޗް ހުރިކަން ދެނެގަނެވޭ ކަމަށާއި، ނަމަވެސް އެއީ ޕަނީރު ހަދާފައިވަނީ ސިންތެޓިކް ތަކެތިންކަން ޔަގީންކޮށްދޭ އެއްޗެއް ނޫން ކަމަށެވެ. ބައެއް ފަހަރު ޕަނީރުގެ ޓެކްސްޗަރ ރަނގަޅުކުރުމަށް ނުވަތަ ބަރުދަން އިތުރުކުރުމަށް ސްޓާްޗް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ