އެމެޒޯން ޕްރައިމް ވީޑިއޯއިން "ސިޓަޑެލް: ހަނީ ބަނީ" އާއި "ސިޓަޑެލް: ޑަޔާނާ" ކެންސަލްކޮށްފިއެވެ. މިއީ ރޫސޯ ބްރަދާސްއިން އުފައްދާފައިވާ "ސިޓަޑެލް" ސީރީޒްގެ އިންޑިއަން އަދި އިޓަލިއަން ސްޕިން-އޮފްތަކެވެ. ނަމަވެސް މައި ސީރީޒް "ސިޓަޑެލް" ގެ 2 ވަނަ ސީޒަން 2026 ގެ ދެވަނަ ކުއާޓަރުގައި ނެރުމަށް ވަނީ ނިންމައިފައެވެ. މި ސީޒަންގައި ޕްރިޔަންކާ ޗޯޕްރާ އާއި ރިޗަޑް މެޑެން އަލުން ފެނިގެންދާނެއެވެ.
އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްގެ ޓެލެވިޒަން ވެރިޔާ ވަރނަން ސެންޑަސް ބުނެފައިވާ ގޮތުގައި ކެންސަލްކުރި ސީރީޒްތަކުގެ ވާހަކަތައް މައި ސީރީޒްގެ 2 ވަނަ ސީޒަންގައި ހިމެނޭނެ އެވެ. އޭނާ އިތުރަށް ބުނީ މި ސީޒަނަކީ އެންމެ ފޯރިގަދަ ސީޒަން ކަމަށާއި، ނާދިޔާ، މޭސަން އަދި އޯލިކްގެ ޖަޒްބާތީ ދަތުރުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
"ސިޓަޑެލް: ހަނީ ބަނީ" ގައި ސަމަންތާ ރުތު ޕްރަބު އަދި ވަރުން ދަވަން ވަނީ ޕްރިޔަންކާގެ މައިންބަފައިންގެ ދައުރު އަދާކޮށްފައެވެ. މި ސީރީޒް ޑިސެމްބަރުގައި ނެރުނު ނަމަވެސް، ފާޑުކިޔުންތެރިން ބުނެފައިވަނީ މިއީ ރާޖް އެންޑް ޑީކޭގެ އެންމެ ދެރަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނެ މަސައްކަތެއް ކަމަށެވެ.
މި ބަދަލުތައް އައިސްފައިވަނީ ޖެނިފަރ ސާލްކް އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްއިން ވަކިވުމަށްފަހުގައެވެ. ސާލްކްގެ ދައުރުގައި ގިނަ ޕްރޮޖެކްޓްތަކެއް ފެށި ނަމަވެސް، އޭނާ ވަކިވުމަށްފަހު ގިނަ ޕްރޮޖެކްޓްތަކެއް ވަނީ ހުއްޓިފައި ނުވަތަ ކެންސަލްކުރެވިފައެވެ.
މީގެ އިތުރުން ސޯފީ ޓާނަރ ހެދުމަށް ހަމަޖެހިފައިވާ "ޓޫމް ރޭޑަރ" ސީރީޒްވެސް ކެންސަލްވެދާނެކަމުގެ އަޑުތައް ފެތުރިފައިވެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އަދި ރަސްމީ އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ.
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި