ލ. އަތޮޅުގެ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) އިން އިންތިޒާމުކޮށް ކުރިއަށް ގެންދާ ދަ ހޯކްސް ލީޑް ވެޓަރަންސް ކަޕް 2025ގެ ސެމީ ފައިނަލް ފުރަތަމަ ޖާގަ، މިދިޔަ އަހަރުގެ ރަނަރަޕް ކަންމަތި ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
ލީޑް ވެޓެރަންސް ކަޕްގައި މި އަހަރު 11 ޓީމަކުން ވާދަކުރާއިރު މެޗުތައް ކުޅެމުން ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް އޭގައި ބެސްޓް އެސްސީ، ގަން ކައުންސިލް ރެކްރިއޭޝަން ކްލަބު، ލާމު ބްލޫސް، ރަސްހިންނެ އެސްސީ، އަފޭން އަދި މާމެންދޫ ޔުނައިޓެޑް ހިމެނޭ އިރު، ގްރޫޕް ބީގައި ހިމެނެނީ ސީއޭސީ ވެޓެރަންސް، ކިންގް، އެވާލީ އެސްސީ އަދި ކަންމަތި އެސްސީއެވެ.
ގްރޫޕް ބީގައި ކަންމަތިން މިހާތަނަށް ކުޅުނު ތިން މެޗުންވެސް ވަނީ މޮޅުވެފައެވެ. އެ ޓީމުން ރޭ މުންޑޫ ވެޓެރަންސް ބަލިކުރީ 8-7 ގެ ނަތީޖާ އަކުންނެވެ.
ފޯރިގަދަކޮށް ފެނުނު މެޗުގައި ކަންމަތީގެ މުހައްމަދު ޝާއިރާގެ އިތުރުން އަހުމަދު ހުސައިން، މީގެން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، އިސްމާއީލް އީސަ (މެސީ) ހެޓްރިކް ހެދިއެވެ. ކަންމަތީގެ އަނެއް ގޯލު ޖެހީ ހުސައިން އަފީފެވެ.
މުންޑީ ވެޓެރަންސްގެ ހަތަރު ގޯލު ޖެހީ މުހައްމަދު ފަރިޔާޒެވެ. އަނެއް ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަލީ ޝާފިއު އެވެ. އަނެއް ގޯލު ޖެހީ ހަސަން މުރުތަލާއެވެ.
ކަންމައްޗަށް އަދި ގްރޫޕްގެ އެއްވަނަ ޔަގީންވެފައި ނުވާއިރު ތިން މެޗުން ހަ ޕޮއިންޓް ހޯދައި ސީއޭސީ ވެޓެރަންސް ވެސް ވަނީ އުންމީދުއާކޮށްފައެވެ. އެ ޓީމުން ރޭ ކުނަހަންދޫގެ ކިންގް ބަލިކުރީ 7-5 ގެ ނަތީޖާ އަކުންނެވެ.
މެޗުގައި ސީއޭސީ ވެޓެރަންސްގެ އިބްރާހީމް މުހައްމަދު ހެޓްރިކް ހެދި އިރު، އަލީ އިހުސާނާއި އަހުމަދު ލަތީފް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ކިންގުން މެޗުގައި ޖެހި ފަސް ގޯލުން ތިން ގޯލު، އަބްދުﷲ އަޖީތު ޖެހި އިރު، އަނެއް ދެ ގޯލު ޖެހީ އަހުމަދު ޖިނާނެވެ.
އެ ގްރޫޕުން ސެމީއަށް ދިއުމުގެ ފުރުސަތު އެވާލީ އެސްސީއާއި ސީއޭސީ ވެޓެރަންސްއަށްވެސް އެބަ އޮތެވެ. ނަމަވެސް މުންޑުއަށް އޮތީ އަމިއްލަ ބާރު ގެއްލިފައެވެ. އަދި ކިންގް ވަނީ ރޭގެ ބައްޔާއެކު ކަޓައިފައެވެ.
ގްރޫޕް އޭގައި މިހާތަނަށް ކުޅުނު ތިން މެޗުން ދެ މޮޅު ހޯދާފައިވާ މާމެންދޫ ޔުނައިޓެޑުން ރޭ ގަމު ކައުންސިލް ރެކްރިއޭޝަން ކްލަބު ބަލިކުރީ 11-0 އިންނެވެ.
އެ މެޗުގައި މާމެންދޫގެ އަހުމަދު ހަލީމް (އަންމަޑޭ) ހަތަރު ގޯލު ޖެހި އިރު، ޔޫސުފް މޫސާ ފަސް ގޯލު ޖެހިއެވެ. އޭގެ އިތުރުން އަޒްވަރު އާދަމާއި އަހުމަދު ޒާދުވެސް ވަނީ ގޯލު ޖަހައިފައެވެ.
ދަ ހޯކްސް ލީޑް ވެޓެރަންސް ކަޕްގެ ގްރޫޕް ސްޓޭޖު ހަތަރު މެޗު މިރޭވެސް އޮންނާނެއެވެ. މިއަހަރު ލީޑް ވެޓެރަންސް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް