އެމްޓީސީސީގެ ހައުސިން މަޝްރޫއު ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ ސީއީއޯ ހަސަން ސާހުއާއެކު، އެ ކުންފުނީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 15 ބުރީގެ ދެ ޓަވަރު ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކޮށް، އެ ކުންފުނިން އެއްބަސްވުން ބާތިލުކުރަންޖެހޭ ފަދަ ހިލާފުތައްވެފައިވީ ނަމަވެސް، އެއްބަސްވުން ބާތިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް އެޑްވާންސް ޕޭމަންޓާއި ޕްރޮގްރެސިވް ޕޭމަންޓްތައް ދޫކޮށްފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ މަސައްކަތްްތަކެއް ވަކި މަސައްކަތްތަކެއްގެ ގޮތުގައި ހަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައިނުވާއިރު، އެ އެއްބަސްވުން ބާތިލުކޮށްފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން އެމްޓީސީސީއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ.
އޭސީސީން ބުނީ މި މައްސަލައިގެ ތަހުގީގުގައި އެމްޓީސީސީއަށް މާލީ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 39.2 މިލިއަން ރުފިޔާގެ އިތުރުން ލިބިފައިވާ އިތުރު މާލީ ގެއްލުންތައް ހިސާބުކޮށް އެ ފައިސާ ހޯދުމަށް އެމްޓީސީސީއަށް އަންގާފައިވާނެ ކަމަށެވެ.
އޭސީސީން ބުނީ އެ މީހުންގެ މައްޗަށް ކުރަން ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިނުމުގެ ކުށުގެ ދައުވާގެ އިތުތުން ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި ޝިފާއުގެ މައްޗަށް ގާނޫނު އަސާސީގެ 80 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމުގެ ދައުވާވެސް ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.
ދައުވާކުރާ ފަރާތްތައް:
- އެމްޓީސީސީގެ އޭރުގެ ސީއީއޯ ސ. މަރަދޫފޭދޫ، ބަގީޗާގެ ހަސަން ޝާހް
- އެމްޓީސީސީގެ އޭރުގެ ޖެނެރަލް މެނޭޖަރު އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު ހ. ފެއަރީޕެލަސް، ޝިފާއު އަލީ
- އެމްޓީސީސީގެ އޭރުގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު، ށ. ކޮމަންޑޫ، ޕާކީޒާ، ހުސައިން ޒުހުރީ
- އެމްޓީސީސީގެ އޭރުގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު، މ. ޕޮމްޕިޔާ، މުހައްމަދު ނާޒިމް
- އެމްޓީސީސީގެ އޭރުގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރު، ގ. ނިލަ، އިސްމާއިލް އަދުހަމް
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
ތީ ހަމަ މިބޭފުޅުން ފަލީހަތް ކުރަން ކުރި ކަމެއް، ތި ދައުވާއެއް ނުވެސް ކުރާނެ، ކުރިޔަކަށްވެސް ނުގެންދާނެ
ރެޑް - 1 އަހަރު ކުރިން