އުރީދޫ ނޭޝަންގެ އިންޓަ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އުރީދޫ މޯލްޑިވްސް އިން މިއަދު ބުނީ މިމަހުގެ 27 އިން 30 އަށް ކުރިއަށްދާ އިންޓަ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރިސޯޓްތަކުން ވާދަކުރުމަށް ތައްޔާރުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އެ މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ދެ މޮބައިލް ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) ގައި ވާދަކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
މުޅިން އޮންލައިންކޮށް ބާއްވާ އެ މުބާރާތުގައި ޖުމުލަ 20،000 ރުފިޔާގެ އިނާމު ޕޫލެއް ވެސް ލިބޭ އިރު، ޕަބްޖީއަށް އަދި މޮބައިލް ލެޖެންޑްސްއަށް 10،000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
ޕްރައިޒް ޕޫލް ބަހާލާފައިވާ ގޮތް:
- އެއްވަނަ: 5000 ރުފިޔާ
- ދެވަނަ: 3000 ރުފިޔާ
- ތިންވަނަ: 2000 ރުފިޔާ
އުރީދޫން ބުނީ ރިސޯޓް ކޮމިއުނިޓީތަކުގެ މެދުގައި ވާދަވެރި ގޭމިންއަށް ޝައުގުވެރިކަން އިތުރުވަމުންދާ އިރު، އިންޓަ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ އަމާޒަކީ އެ މުބާރާތުގެ ތެރެއިން އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުން ކަމަށެވެ. އަދި އެއީ ޓްރެޑިޝަނަލް ހޮސްޕިޓާލިޓީ ސެޓިންގެ ބޭރުން ރިސޯޓް މުވައްޒަފުންގެ ހުނަރާއި އުފެއްދުންތެރިކަމާއި ކުޅިވަރުގެ ހުނަރު ދައްކުވައިދޭނެ ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.
އިތުރު މައުލޫމާތާއި އަޕްޑޭޓްތަކާއި ލައިވް ކަވަރޭޖަށް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ފޮލޯކުރުމަށް އުރީދޫން އެދެއެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް