އެޗްޑީސީގެ ބޯޑު މެންބަރުގެ މަގާމަށް އިބްރާހިމް ތައާމު މުހައްމަދު އައްޔަންކޮށްފައިވާ ކަމަށް ޕީސީބީން މިއަދު ބުނެފިއެވެ.

ތައާމް އަކީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ އެޗްޑީސީގެ ބޯޑު މެންބަރުގެ މިގާމުން މިދިޔަ ހަފުތާގައި ވަކިކުރި މުހައްމަދު ވަހީދުގެ ބަދަލުގައެވެ.

އެޗްޑީސީގެ ބޯޑުގައި ޖުމްލަ 10 މެމްބަރުން ތިބެ އެވެ.