އިޒްރޭލް ޕާސްޕޯޓް އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރުމުގައި ދިވެހި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ގޮތުން، އިމިގްރޭޝަންގެ ގާނޫނަށް މީކާއީލް ހުށަހެޅުއްވި އިސްލާހު ބަދަލުކޮށް، އެ ބިލު މަޖިލީހުން ފާސްކުރުމާއި ގުޅިގެން، އެމްޑީޕީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މީކާއީލް ވިދާޅުވީ، ބިލު ފާސްކޮށްފައިވަނީ އިޒްރޭލް މީހުންނަށް ރާއްޖެ އެތެރެވެވޭ ގޮތަށް ކަމަށެވެ.
މީކާއީލް ހުށަހެޅުއްވީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ ގޮތުގައި އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރާއީލްގެ ޕާސްޕޯޓްގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ހިމެނޭ ގޮތަށް)" ހިމަނަން އިމިގްރޭޝަން ގާނޫނުގެ އަށްވަަނަ މާއްދާގެ (ހ)ގެ ފަހަތަށް (7) ވަނަ ނަންބަރުގެ ގޮތުގައި އަކުރެއް އިތުރުކުރުމަށެވެ.
ނަަމަވެސް މިކާއީލް ހުށަހެޅުއްވި ބިލުގައި އޮތް ގޮތް ބަދަލުކޮށް، ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) ހުށަހެޅުއްވީ، 7 އޮކްޓޫބަރު 2023 އިން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނާމެދު އިޒްރޭލުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި ހިމެނުމަށެވެ. އެ ހުށަހެޅުމަށް ކޮމިޓީން އިއްޔެ ފާސްކުރީ އެ ވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
މީކާއީލް ވިދާޅުވީ، އެ ބިލު 308 ދުވަސް ވަންދެން ކޮމިޓީގައި ބޭއްވުމަށްފަހު މަޖިލިސް ތަޅުމަށް ގެނަސް ބަހުސްކޮށް ފާސްކުރީ، ބިލު ހުށަހެޅުއްވި މަގުސަދާ ހިލާފަށް ކަމަށެވެ.
"ބިލް ހުށަހެޅި މަގުސަދާ ހިލާފަށް ބިލުގެ މުޅި އިބާރާތް ބަދަލުކޮށްލައިގެން ޑުވެލް ޕާސްޕޯޓުގައި އިޒްރޭލް ރައްޔިތުންނަށް ރާއްޖެ އެތެރެވެވޭ ގޮތަށް ބިލު ފާސްކޮށްފައި އެ އޮތީ،" މީކާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދުގެ ޖަލްސާގައީ އެ ބިލް ފާސްކުރަން އެމްޑީޕީ މެންބަރުންވެސް ވޯޓު ދެއްވި ކަމަށާއި އެއީ އެމްޑީޕީން ހުށަހެޅި ބިލަކަށްވެފައި، ބިލުގެ މަގުސަދާމެދު ފިތުނަ ފަސާދަ އުފައްދަފާނެތީ ކަމަށްވެސް ވިދާޅުވިއެވެ.
ޑުވެލް ޕާސްޕޯޓް ކަށަވަރު ކުރެވޭނެ ގޮތެއް ނޯންނަ ކަމަށް އިމިގްރޭޝަނުން ބުނާއިރު މީކާއީލް ވިދާޅުވީ އެއީ ވަރަށް ޖޯކު ވާހަކައެއް ކަމަށެވެ.
"އެ ބޭފުޅުން ވަަރަށް ބޮޑަށް ފާހަގަކުރައްވާ އިމިގްރޭޝަނުން އެބަ ބުނެޔޭ ތިމަމެންނަަށް ނެތޭ ޑުވެލް ޕާސްޕޯޓް ނެތޭ ކަށަވަރު ކުރެވޭކަށް، މީވަރަށް ޖޯކު ވާހަކައެއް، އެންޓްރީ ކާޑުގައި ހަމަ ރީތިކޮށް ބައެއް ގައުމުތަކުގައި ހުރޭ ލިޔެފަ ޑުވެލް ޕާސްޕޯޓް ހޯލްޑަރެއްތޯ ހާމަކުރަން، އެ މިންވަރަށް ދިވެހިރާއްޖޭގެ އިމިގްރޭޝަނުން މި މައްސަލައިގައި ކަންކަން ނުކުރެއްވޭނެ ކަމަށް ވިދާޅުވީމާ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން، އެެހެންވީމަ ހެޔޮ ނިޔަތުގައި ކުރެއްވި ކަމެއް ނޫން މިއީ،" މީކާއިލް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މެމްބަރު މީކާއިލް ނަސީމް
މެމްބަރު މީކާއިލް ނަސީމް
މެމްބަރު މީކާއިލް ނަސީމް
ކަލޭމެނަށް ރަނގަޅުވާނީ ރާއްޖެ އަށް އެކަކުވެސް ނައިއްޔާ. ވަރަށް ސަލާމް.
މެލޭ - 1 އަހަރު ކުރިން
ތެދުވެރިކަމެއް ނެތް މީހާ ދެކޭގޮތުގައި އަނެކާގެ ވެސް ތެދުވެރިކަމެއް ނޯންނާނެ.
ާއަަސްލު - 1 އަހަރު ކުރިން