ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވި ގއ. ދެއްވަދޫ/ ދޭލިޔާގެ، މުހައްމަދު އަނަސް އަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
އޭނާއަށް މަޖިލީހުގެ ރުހުން ހޯއްދަވައިދެއްވުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާގެ ނަން މަޖިލީހަށް ފޮނުވީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ދިރާސާ ކުރުމަށްފަހު، އޭނައަށް މަޖިލީހުގެ ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށް އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވީ އިއްޔެއެވެ. އެއީ އޭނާ ހާޒިރުކޮށް ކުރި އިންޓަވިއު އިން 80 މާކްސްއަށްވުރެ މަތިން ޕޮއިންޓް ލިބުމުންނެވެ.
ޕީސީބީގެ ރައީސްގެ މަގާމަށް އަނަސް އައްޔަންކުރައްވާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ހަމްދީ އަގީލް، އެ މަގާމުން މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ވަކިކުރެއްވުމާއި ގުޅިގެންނެވެ.
ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވި އަނަސްއަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުގެ މަގާމު މީގެ ކުރިން އަދާކުރައްވައިފައެވެ.
އިބްރާހިމް ޒަކީ
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު
ޕްރައިވެޓައިޒޭޝަން ބޯޑު