އުރީދޫއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި 19 އުމްރާ ދަތުރާއެކު ދެ މީހަކަށް ހައްޖު ދަތުރެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫގެ ލިވް އަންލިމިޓަޑް ކެމްޕެއިނާއެކު ފަށައިފިއެވެ.
އުރީދޫން ބުނީ ލިވް އަންލިމިޓެޑަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި އެއީ ކަސްޓަމަރުންނަށް ކަންކަން ފަސޭހަ ކޮށްދިނުމަށް ކުރާ ވައުދެއް ކަމަށެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫ ކަސްޓާމަރެއް ނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލު ދައްކައި ނުވަތަ ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރަން ޖެހޭނެއެވެ. އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް ބޭނުންކުރަން ޖެހޭނީ 400 ރުފިޔާ އިން މަތީގެ ހިިދުމަތެކެވެ.
މި ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕާނެޓް ކަސްޓަމަރުންނަށް އެ ލަކީޑްރޯއަށް ޝަރުތު ހަމަވާ ފަރާތްތަކުންވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
20 އަހަރުގެ ކުރު މުއްދަތުގައި އުރީދޫން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލުކޮށްފައެވެ.
އުރީދޫން އިތުރަށް ބުނީ ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ތިބެގެންވެސް އާއިލާއާއި ރައްޓެހިންނާ ގުޅުން ބޭއްވުމާއި މަޖާޓީވީ ޝޯތައް ބެލުމާއި އާ ގޭމްތައް ކުޅުމާއި އަދި ކިޔެވުމާއި މަސައްކަތްކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށާއި އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ރާއްޖެއެއްގައި ދިރިއުޅުން ފުރިހަމައަށް، މިނިވަންކަމާއެކު އަދި އެއްވެސް ހުރަހެއް ނެތި އުޅެވޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.
ފާތިމަތު ލިއުޝާ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް