ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި އަހަރުގެ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ކުރިއެރުވުމަށް ހިންގާ އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމެވެ.
އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހިންނަށް ފުރުސަތު ހުޅުވާލާފައިވާ އެ ޕްރޮގްރާމްގައި ހިމެނެނީ ހަތަރު ދާއިރާއެކެވެ. އެއީ އެއްގަމު އުޅަނދުފަހަރު އިންޖީނު މަރާމާތު ކުރުމާއި ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތުކުރުމާއި ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިން މެކޭނިކްގެ ދާއިރާއެވެ.
އެ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް އެ ދާއިރާތަކުން ލެވެލް 3ގެ ސެޓްފިކެޓެއް ލިބޭނެއެވެ.
އެޗްޑީސީން ބުނީ، މި އަހަރުގެ ޕްރޮގްރާމަށް 25 ފުރުސަތު ހުޅުވާލާފައިވާއިރު ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށްވެސް ބުންޏެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ