ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް (ސައުދީ ފަންޑު) ގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރްޝަދަށް ދިވެހި ދައުލަތުގެ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.
ރައީސް އޮފީހުގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސައޫދީ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު މަރުޝަދަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ. މިއީ ދިވެހި ދައުލަތުން ދޭ ތިން ވަނައަށް އެންމެ ޝަރަފުވެރި އިއްޒަތެވެ. މި އިއްޒަތް މިހާތަނަށް އަށް ބޭފުޅަކަށް އަރުވާފައިވެ އެވެ.
ސައުދީ ފަންޑުގެ އެންމެ އިސްވެރިޔާއަށް އެ ޝަރަފު އަރުވަން ނިންމަވައި ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ އެ ޝަރަފަކީ ސައުދީ ފަންޑުން ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށާއި ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް ވަރަށް ފުޅާ ދާއިރާއެއްގައި ވެދީފައިވާ އަދި ވެދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމުގެ އަގު ވަޒަންކުރުމަށް އަރުވަން ނިންމެވި ޝަރަފެއް ކަމަށެވެ.
ސައުދީ ފަންޑުން އަންނަނީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ގިނަ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކަށް އެކި ފަހަރު މަތިން ފައިނޭންސިން ހަމަޖައްސާފައިވެ އެވެ.
މުހައްމަދު ސިމާއު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު