އުމުރުން 60 އަހަރުވުމުން ކާރު ދުއްވުން މަނާވާ ގޮތަށް "އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު" އިސްލާހުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ގެޒެޓުކުރި އެ އިސްލާހުގައިވާ ގޮތުން 60 އަހަރުވުމުން ވަކި ކެޓަގަރީއެއްގެ އުޅަނދު ދުއްވުމަށް ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަ ލައިސަންސެއް ދޫކުރެވިދާނެއެވެ. އެ ލައިސަންސްގެ ދަށުން ދުއްވުމުގެ ހުއްދަ ދެވޭނީ ހަމައެކަނި 60 ސީސީން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް ފަދަ އުޅަނދު ކަމަށްވެސް ބުނެފައިވެއެވެ.
އަދި އެ އުޅަނދުތައް ދުއްވޭނީ ލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށެއްގައި ކަމަށާއި އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭނީ ހަމައެކަނި ގަޑިއަކު 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވަން ހުއްދަކުރާ މަގުތަކުގައި އެކަނި ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
ގަވައިދުގައި ބުނެފައިވާ ގޮތުން އުމުރުން ދޮށީ މީހުންނަށް ދޫކުރާ އެ ލައިސަންސުގެ މުއްދަތަކީ 10 އަހަރެވެ. ލައިސަންސުގެ މުއްދަތު ހަމަވުމުން އާ ލައިސަންސް އަލެއް ނުކުރެވޭނެއެވެ.
ނަމަވެސް ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަކޮށްފައިވާ ލައިސަންސް ދޫކުރުމުގެ ހިދުމަތް ދޭ ކައުންސިލްތަކުން މަދުވެގެން ހަތަރު ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރާ މީހުންނަށް ލައިސަންސަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަކޮށްފައިވާ ލައިސަންސްގެ ދަށުން އުޅަނދު ދުއްވާފަރާތަކުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމުގެ ލިބިގެންވެއެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ބާރު ސްޕީޑުގައި ދުއްވާ މީހުންނަށް އަދަބެއް ދެވެނީކީނޫން މިއީ މި ގައުމުގެ ހާލަތު . ދުއްވުމުގެ ގާބިލުކަން ނެތް ފަރާތްތަކަށްވެސް ލައިސަންސް ދޫކުރާ ގައުމެއް މިއީ. ކޮރޮޕްޓް އެއް މިނިސްޓްރީ ، މިފަދަ ކަންކަން ހުއްޓިގެން ނޫނީ ގައުމަށް ހަމަޖެހުމެއް ނެތް.
ސައީ - 1 އަހަރު ކުރިން
ވަރަށް ބަލާބޮޑުވެއްޖެ. ރައްޔިތުން ނުކުމެ މިކަންކަން ހައްލުކުރަންވެއްޖެ. މިވަރު ބަލާ ނޭރުވިޔަކަސް ވެދާނެކަންނޭނގެ. ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި ހުރީ އަދި ގިނަ އެކްސިޑެންޓްތައް ހިނގާފައި ހުރީ ދޮށީ އުމުރުގެ މީހުންގެ ފަރާތުންތޯ ނިކަން ބަލާބަލަ. ލައިސެންސް ނުދިނަސް ދުއްވާނަން. ކުރާކަމެއްކުރޭ.
ބަލާބޮޑު - 1 އަހަރު ކުރިން
މިއީ އޯގާތެރި ސަރުކާރު. އުމުރުން ދުވަސްވުމުން ވަޒީފާއެއް ނުލިބޭ. ލައިސެންސެއް ނުލިބޭ. ހިދުމަތެއް ނުލިބޭ. އަޅާޅުމެއް ނުލިބޭ. މިއީ ގައުމަށް ވަރަށް ދުއްޕާން ކުރާ އުމުރުފުރައެއްތަ؟ ވެރިކަމަށް އައިއިރު އުމުރުން ދުވަސްވީމީހުންންށް ޙާއްސަ ކަމެއް ބަހައްޓާނެކަމަށް ބުނެ ފޮނިކެނޑި. މިހާރު މިވީ ކިހިނެއް؟ ދެން ފެެންނާނީ ފަރުމަތިން ބޭރުކުރާތަން. މި ގައުގުގަ ހުރިހާ ކުއްތަކަށް އަރައިގަންނަނީ އުމުރުން ދުވަސްވީ މީހުންތަ؟ އުންމެ ގިނައިން އެކްސިޑެންޓު ވަނީ އުމުރުން ދުވަސްވީ މީހުންތަ؟
ދެތަވަރު - 1 އަހަރު ކުރިން
ގަވާއިދެއްގަދާއިރު އެއީތަންފީޒު ކުރެވޭނެގަވާ އިދެއްތޯވިސްނަނީކިހާ ވަރަކަށްބާ 60އަހަރުންމަތީކޮންމެމީހަކަށް ސަރުކާރުން ޑުރައިވަރަކުދެނަމައޯކެ
މުހައްމަދު - 1 އަހަރު ކުރިން
60އަހަރުންމަތީމިހުންނަކީ ނުކުޅެދޭބަޔަކަށްވަނީތަ ދެއ
މުހައްމަދު - 1 އަހަރު ކުރިން